މެމްބަރު ހުސެއިން ފުލުހަށް ހާޒިރު ނުކުރަން ނިންމައިފި

މަތިވެރި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު ޙުސައިން މުޙައްމަދު ފުލުހަށް ހާޒިރު ނުކުރަން ނިންމައިފިއެވެ.
ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހުސެއިން ފުލުހަށް ހާޒިރުވާން އެންގީ މިރޭ 20:00 އަށެވެ. ނަމަވެސް ފުލުސް އޮފީހަށް ހާޒިރު ނުކުރަން ނިންމާފައިވާކަން މިއަދު ހަވީރު ފުލުހުން ވަނީ ހުސެއިންއަށް އަންގާފައެވެ.
މެމްބަރު ހުސެއިން ފުލުސް އޮފީހަށް ހާޒިރުވާން އެންގީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް އެނގިފައެއް ނުވެއެވެ.
ފުލުސް އޮފީހަށް މެމްބަރު ހުސެއިން ހާޒިރުކުރަން އުޅުނުއިރު ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ބައެއް އިސް ބޭފުޅުން، އަންނަނީ ފުލުސް އޮފީހަށް އެކި ދުވަސްމަތިން ހާޒިރުކުރަމުންނެވެ.
އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ވެސް، ފުލުސް އޮފީހަށް އެކި ފަހަރުމަތިން ހާޒިރުކޮށްފައިވާއިރު، ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން އާއި، ޖުމްހޫރީ ޕާޓީގެ ރެޖިސްޓްރާ އަހުމަދު ސައުދު ވެސް، ދާދިފަހުން ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ