މޭޑޭ މުޒާހަރާއާ ގުޅިގެން ޖަލަށްލި އަބްދުﷲ ރަޝީދު މަރުވެއްޖެ
ދެހާސް ފަނަރަ ވަނަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާއާ ގުޅިގެން، ކުށް ސާބުވެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގ. ކީމާ އަބްދުﷲ ރަޝީދު މުހައްމަދު މަރުވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން ވިދާޅުވީ އަބްދުﷲ ރަޝީދު މަރުވީ އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 10:20 ގައި ކަމަށެވެ. ލުގުމާން ވިދާޅުވީ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ އަބްދުﷲ ރަޝީދު އިއްޔެ މެންދުރު 12:50 ގައި އެޑްމިޓްކުރީ ބޭރަށް ހިނގާތީ ކަމަށެވެ. އޭނާގެ މައްޗަށް ސާބިތުވި ކުށަކީ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށެވެ. އެ ދައުވާ އުފުލީ ޗާންދަނީމަގުން ދިޔަ ފުލުހަކާ މެދު މާރާމާރީ ހިންގާފައިވާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ