މުހައްމަދު ފަޒީން
ތ.ތިމަރަފުށީ ދާއިރާ އާއި ކ.ކާށިދޫ ދާއިރާގެ ގޮނޑިއަށް ޑީ.އާރު.ޕީ ގެ ކެނޑިޑޭޓަކު ނެރުމަށް ޑީ.އާރު.ޕީގެ ކައުންސިލުގައި ވާހަކަ ދައްކާފައިނުވާކަމަށް ޑީއާރްޕީން ބުނެފި އެވެ.
ޑީ.އާރު.ޕީގެ ކައުންސިލް މެމްބަރު އަދި މީޑިއާ ކޯޑިނޭޓަރު ވިދާޅުވީ މިހާތަނަށް ކައުންސިލުން ތިމަރަފުއްޓާއި ކާށިދޫ ގޮނޑިގެ ބައި އިލެކްޝަނަށް ކެނޑިޑޭޓަކު ނެރުމާބެހޭ ގޮތުން އެއްވެސް ވަރަކަށް މަޝްވަރާ ކޮށްފައިނުވާކަމަށެވެ.
އެމް.ޑީ.ޕީގެ މެމްބަރު މުސްތަފާގެ ތިމަރަފުށީ ގޮނޑި ގެއްލުނީ ޕީ.ޕީ.އެމްގެ ނާއިބު ރައީސް އުމަރު ނަސީރު ސުޕްރީމް ކޯޓުގައި ކުރި ދަޢުވާއަކާގުޅިގެންނެވެ. އިސްމާއީލް ޢަބްދުލް ހަމީދުގެ ގޮނޑި ގެއްލުނުކަން ކަނޑައަޅާފައިވަނީ ވެސް ސުޕްރިމް ކޯޓުންނެވެ.
ތިމަރަފުށީ ދާއިރާއާއި ކާށިދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމަށް ކައުންސިލްގަ އަދި މަޝްވަރާކޮށްފައެއްނުވޭ: އަލީ ސޯލިހް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ