ބޮން ގޮއްވިކަމުގެ މައްސަލާގައި ކޯޓުން ދޫކޮށްލުމަށްފަހު ހައްޔަރުކުރި މީހާގެ މުއްދަތު ޖަހާދީފި

މިއުސަމް އައްބާސް
ދެހާސް ހަތް ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި ހާދިޘާގައި ޝާމިލްވާ މީހަކު ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ފަނަރަ ދުވަހަށް މުއްދަތު ޖަހާދީފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު މުއްދަތު ޖަހާދީފައިވަނީ އޭނާ ފުރަތަމަ ހައްޔަރުކޮށްގެން ގެންދިއުމުން ކޯޓުން ދޫކޮށްލަން އެނގުމުން ދޫކޮށްލުމަށްފަހު ހަމަ އެރޭ ކޯޓު އަމުރަކާއިއެކު ހައްޔަރު ކުރި މުޙައްމަދު އަމީން ނަމަކަށް ކިޔާ މީހެކެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކްރިމިނަލް ކޯޓުން ފުވައްމުލަކު މިމީހާ ދޫކޮށްލީ އިންޓަޕޯލުން ރެޑް ނޯޓިސް ނެރުމަށް ކުރިން އެކޯޓުން ނެރެފައިވާ އަމުރު ފުލުހުންނަށް ހުށަހެޅިފައި ނުވުމުން އޭނާ ބަންދުގައި ބަހައްޓާނެ ގާނޫނީ އަސާސެއް އޮތްކަމަށް ނުފެންނަކަމަށް ބުނެއެވެ.
އަމީން ހައްޔަރު ކުރަން ނެރެފައިވާ ކޯޓް އަމުރުގައި ބުނެފައިވަނީ ބޮންގޮއްވާލަން ބޭނުންކުރި ފޯނުގައި ހިމެނޭ ސިމްކާޑަކީ އަމީން މަސައްކަތްކުރި ސްމާޓް މޯބައިލް ފިހާރައިން ވިއްކާފައިވާ ސިމެއް ކަމަށާއި ސިމް ރަޖިސްޓްރީކޮށްފައިވަނީ ވެސް އަމީންގެ ނަމުގައި ކަމަށާއި މާލެއިން އަމީން ކުއްޔަށް ހިފާފައިހުރި އެޕާޓްމަންޓަކުން ބޮންގޮއްވަން ބޭނުންކުރާ ސާމާނުތަކެއް ވެސް ފެނިފައިވާ ކަމަށެވެ. ސަލްޓަންޕާކުގައި ބޮންގޮއްވި މައްސަލައިގައި ބާރަ ޓޫރިސްޓަކު ޒަހަމްވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ