ބަންދު މުއްދަތުގެ ގަވައިދު އިސްލާހުކޮށް ސުޕްރީމް ކައުންސިލަށް ހުށަހަޅައިފި

ކުށުގެ ތުހުމަތުގައި ހައްޔަރު ކުރާ މީހުން، ހައްޔަރު ކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންތޯ ބެލުމަށްފަހު އެމީހެއްގެ ބަންދާމެދުގައި ގޮތެއް ނިންމުމުގެ ގަވައިދު އަލުން އެކުލަވާލައި ކްރިމިނަލް ކޯޓުން ސްޕްރީމް ކައުންސިލަށް މިއަދު ހުށަހަޅައިފި އެވެ.
ގަވައިދު އަލުން އެކުލަވައިލީ މިހާރު ޢަމަލު ކުރަމުން އަންނަ ގަވައިދުގެ ސަބަބުން ތަހުގީގު ކުރާ ފަރާތްތަކަށާއި ކޯޓުތަކަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާކޮށް ބެލުމަށްފަހު އެ މައްސަލަތަކަށް ހައްލެއް ހޯދައި ދިނުމަށް ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ. އަދި މި ގަވައިދު އެކުލަވާލިއިރު ކަމާއިބެހޭ ފަރާތްތަކާއި ޖިނާއީ މައްސަލަތަކުގައި ވަކާލާތު ކުރައްވާ ވަކީލުންގެ އިތުރުން އަތޮޅުތަކުގެ މެޖިސްޓުރޭޓުންނާ މަޝްވަރާކޮށް އެފަރާތްތަކުގެ ޚިޔާލު ހޯދި ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.
ކޯޓުން ބުނީ ގަވާއިދު އެކުލަވާލާފައިވާ މަޤުޞަދު ގެއްލިގެން ނުދާ ގޮތަށް ފާސްވެއްޖެ ނަމަ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވިފައިވާ މީހާގެ ތަހުގީގު މަރުޙަލާ އާއި ދަޢުވާ ކުރުމުގެ މަރުޙަލާ އަވަސްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ