ޔުނައިޓެޑް އަރަބި އެމިރޭޓްސްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ރަޝީދު އިސްތިއުފާ ހުށަހަޅުއްވައިފިއެވެ.
އަހުމަދު ރަޝީދު އިސްތިއުފާ ހުށަހަޅުއްވާފައިވާކަން ރައީސް އޮފީހުން ޔަގީންކޮށްދެއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ޕްރެސް ސެކެރެޓަރީ މަސްއޫދު އިމާދު ވިދާޅުވީ އަހުމަދު ރަޝީދުގެ އިސްތިއުފާ ލިބިފައިވާ ކަމަށާއި އެކަން ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަހުމަދު ރަޝީދު އިސްތިއުފާ ހުށަހަޅުއްވާފައިވަނީ ކޮން ސަބަބަކާއި ހެދި ކަމެއް އަދި ނޭނގެއެވެ.އަހުމަދު ރަޝީދަކީ ގިނަ ދުވަސްތަކެއް ވަންދެން ފޮރިން މިނިސްޓްރީގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް ކަނޑައެޅުއްވި އިރު އަހުމަދު ރަޝީދު ހުންނެވީ ފޮރިން މިނިސްޓްރީގެ ޕްރޮޓޮކޯލު ޑިޕާތްމެންޓުގެ ހެޑަކަށެވެ.
ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ރަޝީދު އިސްތިއުފާ ހުށަހަޅުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ