އަވަށްޓެރި ސްރީލަންކާގައި ކޯވިޑްގެ ހާލަތު އިންތިހާއަށް ގޯސްވުމާގުޅިގެން ރާއްޖެއިން ކޯވިޑްގައި އަޅާފައިވާ ފިޔަވަޅުތައް ހަރުދާ ކުރެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
ކޯވިޑް-19ގައި ސްރީލަންކާގެ ހާލަތު ގޯސްވުމާ ގުޅިގެން ރެއިން ފެށިގެން މިމަހުގެ 30ގެ ނިޔަލަށް އެޤައުމުވަނީ ފުރަބަންދު ކޮށްފައެވެ. ދުވަލެއްގެ މައްޗަށް ލަންކާއިން ޕޮޒިޓިވްވާ މީހުންގެ ޢަދަދު 3،000އަށްވުރެ މަތީގައި އުޅޭއިރު މިދިޔަ ހަފްތާގައި އެކަނިވެސް އެޤައުމުން ވަނީ 270 އަށްވުގެ ގިނަ މީހުން މަރުވެފައެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކޯވިޑްފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޝްރީލަންކާގައި ރއިން ފެށިގެން މިމަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ލޮކްޑައުން ކުރުމާއި ގުޅިގެން ރާއްޖޭގައި މިހާރު އަޅާފައިވާ ފިޔަވަޅުތައްވެސް އިތުރަށް ހަރުދަނާކުރަން ޖެހޭކަމަށެވެ.
ރާއްޖެއިން ކޯވިޑްގެ ހާލަތު ރަނގަޅުވުމާއި ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ވަނީ ލުއިތަކެއް ދީފައެވެ. ނަމަވެސް ލުއިތަކާއިއެކު އެޗްޕީއޭއިންވަނީ ޚާއްސަ ގައިޑްލައިނެއް އެކުލަވާލައި، އެގައިޑްލަނަށް އަމަލު ކުރުމަށް އިރުޝާދު ދެއްވާފައެވެ. އެޗްޕީއޭއިންވެސް ވަނީ ކޯވިޑް އެއްކޮށް ދިޔަކަމަށް ނުބަލައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރައްވާފައެވެ.
ކޯވިޑުން ރައްކާތެރިވުމަށް ރާއްޖެއިން ގެންދަނީ ވެކްސިންގެ ޚާއްސަ ކެމްޕެއިނެއް ކުރިއަށް ގެންދަމުންނެވެ. މިމަހުގެ ނިޔަލަށް ރާއްޖޭގެ އާބަދީގެ %90އަށް ވެކްސިން ޖެހުމަކީ ސަރުކާރުގެ އަމާޒެކެވެ. ވެކްސިން ނުޖަހާ މީހުންނަށް ރާއްޖޭގައިވެސް ވަނީ ހަރުކަށި ގޮތްތަކެއް ކަނޑައަޅައި އަމަލުކުރަން ފަށާފައެވެ.
ކޯވިޑްގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ރައީސް މައުމޫނު ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ