281 މީހުން އަލަށް ޕޮޒިޓިވްވެ، ބަލިން ފަސޭހަވީ 103 މީހުން

ރާއްޖެއިން 281 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ، ހޯމަ ދުވަހުގެ ހަވީރު 6:00 އިން ފެށިގެން އަންގާރަ ދުވަހުގެ ހަވީރު 6:00 ގެ ނިޔަލަށް، ޓެސްޓު ކުރެވުނީ 3،601 ސާމްޕަލް ކަމަށާއި، އޭގެތެރެއިން ޕޮޒިޓީވްވީ 281 ސާމްޕަލް ކަމަށެވެ.
ޕޮޒިޓިވް ސާމްޕަލްތަކުގެ ތެރެއިން 100 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 88 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ. 89 މީހަކު ނިސްބަތްވަނީ ރިސޯޓުތަަކަށެވެ.
އަލަށް ޕޮޒިޓިވްވި 281 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވިކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 97،331 އަށް އަރާފައެވެ.
އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 103 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 93،968 އަށް އަރާފައެވެ.
އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 3،086 ގައެވެ. މީގެތެރެއިން 12 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. ކޮވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން 264 މީހުން މަރުވެފައިވެއެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އަނެއްކާވެސް މައްޗަށް ދާން ފަށާފައިވާއިރު، ރައީސް އޮފީހުން ވަނީ ހުރިހާ ރަށެއްގައި ވެސް މާސްކު އެޅުން މަޖުބޫރުކޮށް، މާސްކު ނާޅާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށް ފުލުހުންނަށް އަންގާފައެވެ. މީގެއިތުރުން، މާލޭގައިނައިޓް މާކެޓް ބޭއްވުމަށް ދިން ހުއްދަވެސް ވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ފިޔަވަޅެއްގެ ގޮތުން ބާތިލްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ