ސެންޓާރާގެ އާ ރިސޯޓުގައި ހިމެނޭ 3 ރަށުގެ ބިން ހިއްކައި ނިންމާލައިފި

ސެންޓާރާގެ އާ ރިސޯޓުގައި ހިމެނޭ ތިން ރަށް ހިއްކައި ނިންމާލައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީން އެ ތިން ރަށް ހިއްކައި ނިންމުން ފާހަގަ ކުރުމަށް ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސްގައި ހާއްސަ ރައްމިއްޔާތެއް ބާއްވާފައި ވެއެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޕްލޭނިން މިނިސްޓަރު އަހްމަދު އަސްލަމްއެވެ.
އަދި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެ ކުންފުނީގެ އިސްވެރިން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އެ މަޝްރޫއުގެ ދަށުން ވައްޓަރުގައި އޮންނަ 3 އާޓީފުޝަލް ރަށެއްގެ ބިން ހިއްކާފައި ވެއެވެ. އެމްޓީސީސީން ބުނީ އެއިން ކޮންމެ ރަށެއްގެ 7 ހެކްޓަރުގެ ސަރަހައްދެއް އޮންނަ ކަމަށެވެ.
އެ މަޝްރޫއަކީ 26.29 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. ލެގޫން ޕްރައިވެޓް ލިމިޓެޑުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއަކީ އެޓީސީސީގެ 40 އަހަރިގެ ދިގު ތާރީހުގައި ބައިނަލްއަގްވާމީ ކްލައިންޓަކަށް ނިންމައިދިން އެންމެ އަގުބޮޑު މަޝްރޫއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ