ކައުންސިލް އިންތިހާބު ފަސްކުރުމަށް މައުމޫން ގޮވާލައިފި

ނުރައްކާތެރި ވައިރަސް، ކޮވިޑް19 ގެ ޕޮޒިޓިވް ކޭސްތަކެއް ރާއްޖެއިން ވެސް ފެނުމާއި ގުޅިގެން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމަށް ކުރީގެ ރައީސް އަދި އެމްއާރްއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކުރިއަށް އޮތް ކައުންސިލް އިންތިހާބު ފަސް ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވާ ކަމަށެވެ.
އިންތިހާބު ފަސް ކުރުމަށް ރައީސް މައުމޫން ގޮވާލެއްވިއިރު އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އިންތިހާބު ފަސްކުރަން ޖެހިއްޖެ ހާލަތެއްގައި އިންތިހާބު ފަސްކުރުމާއި މެދު އެ ކޮމިޝަނުން ގޮތެއް ނިންމާނެ ކަމަށެވެ. ނަމަވެސް އަދި އެފަދަ ހާލަތެއް އޮތް ކަމަކަށް ދައުލަތުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން ހާމަ ކޮށްފައި ނުވާ ކަމަށް އިލެކްޝަނުން ބުނެއެވެ.
ސަރުކާރުން މީގެކުރިން ބުނެފައިވަނީ އިންތިހާބު ފަސް ކުރަން ޖެހިއްޖެ ނަމަ އިންތިހާބު ފަސް ކުރާނެ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ސިޔާސީ ޕާޓީތަކާއި އެކުގައި މަޝްވަރާ ކުރާނެ ކަމަށް ސަރުކާރުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ