ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުގައި ގާޒީ އަކު ނެތުމުން އެ ރަށު ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ކޯޓުގައި ތަޅުއަޅުވައިފިއެވެ.
އެރަށުގެ ރައްޔިތުން ބުނީ އެރަށުގެ މެޖިސްޓްރޭޓް ކޯޓުގައި ގާޒީއަކު ނެތްތާ އަހަރެއް ވެފައިވާ ކަމަށާއި މައްސަލައެއް ބަލަންވެއްޖެ ނަމަ އެ ރަށު ކޯޓަށް ގެންނަން ޖެހެނީ އެ އަތޮޅު ނޮޅިވަރަމްފަރު މެޖިސްޓްރޭޓް ކަމަށެވެ.
އެމީހުން ބުނީ ކޯޓުގައި ތަޅުއެޅުވުމުން ކޯޓުގައި މަސައްކަތްކުރާ އެއްވެސް މީހަކު އެމީހުންނާ ބައްދަލުކުރަންވެސް ނާންނަ ކަމަށާއި ކޯޓުގައި އަޅުވާފައި ހުރި ތަޅު ނައްޓާނީ ހިތްހަމަޖެހޭ ކަހަލަ ޖަވާބެއް ގުޅުންހުރި އިދާރާތަކުން ދިނުމުން ކަމަށެވެ.
ހަނިމާދޫގައި ގާޒީއަކު ނެތި ގިނަދުވަސްތަކެއް ވެފައިމިވަނީ އެރަށު ކޯޓުގައި ހުރި ގާޒީ ކޮރަޕްޝަންގެ މައްސަލައެއްގައި ސަސްޕެންޑް ކޮށްފައި ހުންނާތީ ކަމަށް މައުލޫމާތު ލިބެއެވެ
ހަނިމާދޫ ކޯޓުގައި އެރަށު ރައްޔިތުން ނިކުމެ ތަޅުއަޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ