ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާއާއި މަހިބަދޫ ދާއިރާގެ އިންތިހާބު ބާތިލްކުރަން ހައި ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.
ވިލިނގިލި ދާއިރާގެ އިންތިހާބު ބާތިލްކޮށްދިނުމަށް ހުށަހެޅީ އެ ދާއިރާގެ އިންތިހާބުގައި ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި އެމްޑީޕީގެ ކެންޑިޑޭޓް ހާރޫން ރަޝީދު އެވެ. މަހިބަދޫ ދާއިރާގެ އިންތިހާބު ބާތިލްކޮށްދިނުމަށް ހުށަހެޅީ ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ދާއިރާގެ އިންތިހާބުގައި ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި އަހްމަދު ސުނިލް އެވެ.
ހައިކޯޓަށް މީގެ ކުރިން ވެސް ވަނީ ހަތް ދާއިރާއެއްގެ އިންތިހާބާ ގުޅޭ މައްސަލަތައް ހުށަހަޅާފަ އެވެ. އެގޮތުން ހުށަހަޅާފައިވަނީ ހިތަދޫ މެދު ދާއިރާއާއި، ތިމަރަފުށި ދާއިރާއާއި، ނޮޅިވަރަމް ދާއިރާއާއި، ފުނަދޫ ދާއިރާއާއި ކުރެންދޫ ދާއިރާއާއި ނައިފަރު ދާއިރާ އަދި ފެލިދޫ ދާއިރާގެ މައްސަލަ އެވެ.
އިންތިހާބާ ބެހޭ ގާނޫނު ބުނެފަައިވަނީ އިންތިހާބީ ޝަކުވާގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބަލާނީ ހައި ކޯޓުން ކަމަށެވެ. އިންތިހާބާ ބެހޭ މައްސަލަތައް ދާއިމީ ނަތީޖާ އިއުލާންކުރާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި ނިންމަންޖެހޭނެ ކަމަށް ވެސް އިންތިހާ ބެހޭ ގާނޫނުގައި ބުނެފައިވެ އެވެ.
މަހިބަދޫއާއި ވިލިނގިލި ދާއިރާގެ އިންތިހާބު ބާތިލްކުރަން ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ