ޖުޑިޝަލް ސާވިސް ކޮމިޝަނުން ވަކިވެފައިވާކަން ގާސިމު އިބުރާހީމު ގަބޫލު ކުރައްވައިފިއެވެ.
ގާސިމުވަނީ ޖުމްހޫރީ ޕާޓީން މިހާރު ދެމުން ގެންދާ ޕްރެސްކޮންފަރެންސްގައި އެކަން އިއުލާނު ކުރައްވާފައެވެ. އަދި އެކަން ގަބޫލުކޮށް އެމަގާމަށް އެހެން ބޭފުޅަކު އައްޔަން ކުރުމަށް މަޖިލީހަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށް ވެސް ގާސިމުވަނީ ވިދާޅުވެފައެވެ.
ގާސިމު ވިދާޅުވީ އިންތިހާބުގައި ވާދަ ކުރުމަށް ފޯމު ހުށަހެޅުއްވި ދުވަހު އޮތް ޖޭއެސްސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އޭރު އިލެކްޝަނުން ކެންޑިޑޭސީއާއި މެދު ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.
ގާސިމު ޖޭއެސްސީން ވަކިވެފައިވާ ކަމަށާއި އެހެން މެންބަރަކު އައްޔަން ކުރުމަށް މަޖިލީހަށް ސިޓީ ފޮނުވާފައިވާ އިރު، މަޖިލީހުގެ ރައީސްވަނީ އެމައްސަލާގައި ކައުންސިލު ޖެނެރަލްގެ ލަފަޔަކަށް ވެސް އެދިވަޑައިގެންފައެވެ.
ޖޭއެސްސީގެ ގާނޫނުގައި ބުނެފައިވާ ގޮތުން ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ސިޔާސީ މަގާމަކަށް ކުރިމަތިލުމުން މަގާމު ހުސްވާނެ އެވެ.
ގާސިމު ވިދާޅުވީ ޖޭއެސްސީގައި އޭނާ އަދާކުރައްވަމުންގެންދިޔަ ވަޒީފާއިން ވަކިވެއްޖެކަމަށް ގަބޫލުކުރައްވާތީ އެވާހަކަ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދަށް ދަންނަވާފައިވާކަމަށެވެ.
ޖޭއެސްސީން ވަކިވެފައިވާކަމަށް ގަބޫލުކުރަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ