ސިއްހީ ދާއިރާގެ ތަރައްގީ ކުރަން އިންޑިޔާއާއެކު ދެ އެމްއޯޔޫއެއްގައި ސޮއިކޮށްފި

ސިއްހީ ދާއިރާ ތަރައްގީއަށާއި ސިއްހީ ދާއިރާއިން މީހުން ބިނާކުރުމުގެ އެއްބަސްވުމެއްގައި އިންޑިޔާއިން މިއަދު ރާއްޖެއާކު ސޮއިކޮށްފި އެވެ.
ރައީސް އަބްްދުﷲ ޔާމީނާއި ބޮޑުވަޒީރު މަންމޯހަން ސިންގުގެ ރަސްމީ ވާހަކަތަކަށް ފަހު ބޮޑުވަޒީރުގެ ގެކޮޅުގައި ބޭއްވި ރަސްމިއްޔާތެއްގައި ދެ އެއްބަސްވުމެއްގައި ސޮއި ކުރި އެވެ.
އޭގެ ތެރެއިން ފުރަތަމަ އެއްބަސްވުމަކީ ރާއްޖެ އާއި އިންޑިއާ އާ ދެމެދު ސިއްހީ ދާއިރާ އިން އެއްބާރުލުން ދޭން ސޮއި ކުރި އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ ދަށުން ޑޮކްޓަރުން ރާއްޖެއަށް ބޭނުންވާ މީހުން ތަމްރީނުކޮށް، ދެ ގައުމުގެ ދެމެދުގައި ހާއްސަ ބަލިބަލީގެ ޑޮކްޓަރުން ބަދަލުކޮށް ރާއްޖެއަށް ބޭނުންވާނެ ހޯދައިދިނުން ހިމެނެ އެވެ. މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސަލްމާން ހުރުޝިދެވެ.
ދެވަނަ އެއްބަސްވުމުގައި ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ހުރުޝިދެވެ. މީގެ ދަށުން ރާއްޖޭޣޭ އައިޖީއެމްއެޗްގެ މުވައްޒިފުން ތަމްރީނުކުރަން ކުރިން 2008 ގައިވި އެއްބަސްވުމެއް އާވީ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅޫވީ މި އެއްބަސްވުންތައް ވަރަށް މުހިންމު ކަމަށާއި އިންޑިޔާގެ މިފަދަ އެހީތެރިކަން ރާއްޖެއަށް ބޮޑު ކަމަށެވެ. އަދި މިއަދާ ހަމައަށް ވެސް ރާއްޖެއަށް ކަމެއް ދިމާވާ ކޮންމެ ފަހަރަކު އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައި ވަނީ ވެސް އިންޑިއާ އިން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ