މަސްތުވާތަކެއްޗާއެކު ދެ މީހަކު ތިމަރަފުށިން މީހަކު ހައްޔަރުކޮށް ވަގަށް ނަގާފައިވާ ކަރަންޓު ސާމާނުތަކަކާއިއެކު މާލެއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 03 ރަބަރު ޕަކެޓާއިއެކު 29 އަހަރުގެ 2 ދިވެހި ފިރިހެނުން ތ.ތިމަރަފުށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ
ފުލުހުން ބުނީ މި 2 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ތ.ތިމަރަފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ސެޕްޓެމްބަރ 27 ވަނަ ދުވަހު ކަމަށާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 3 ރަބަރު ޕެކެޓްގެ ތެރެއިން އެއް ޕެކެޓް ފެނުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ދެމީހުންގެ ތެރެއިން އެކެއްގެ އަތުން ކަމަށެވެ. އަނެއް ދެ ޕެކެޓް ފެނިފައިވަނީ އެތަނުން އެކަކު ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު އެގޭތެރެއިން ކަމަށެވެ.
މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ދެމީހުންނަކީވެސް މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ ދެމީހުން ކަމަށާއި އަދި މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް އެތަނުން އެކަކަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު އަނެއް މީހާއަށްވަނީ 8 ދުވަހުގެ މުއްދަތެއް ކަމަށް ފުލުހުން ބުނެއެވެ.
ވަގަށް ނަގާފައިވާކަމަށް ބެލެވޭ ކަރަންޓު ސާމާނުތަކަކާއިއެކު މާފަންނު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 36 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި މާފަންނު ޕޮލިސް ސްޓޭޝަންގެ ފުލުހުންނަށް މިމީހާގެ ޢަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ސެޕްޓެމްބަރ 30 ވަނަ ދުވަހު 03:00 ހާއިރު ކަޅުތުއްކަލާ ކޮށި ކައިރިން ކަމަށެވެ.
މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާގެ ހަށިގަނޑާއި އޭނާ އެވަގުތު ހުރި ސަރަޙައްދު ބަލައިފާސްކުރިއިރު އެސަރަޙައްދުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ކަރަންޓް 2 ބުރުމާއަކީ ބެޓަރި 4 ބުރުމާއަކާއި ސޭންޑަރަކާއި ސަރކިއުލަރ އަކާއި ފޯމަރެއްގެ އިތުން ބުރުމާ ބެޓަރި ޗާޖަރަކާއި އެޓަޕްޓަރެއް ފެނިފައިވާ ކަމަށެވެ.
މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހާއަކީ ވައްކަމާއި މަސްތުވާތަކެއްޗާއި މާރާމާރީގެ އިތުރުން ފޭރުމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ