"ވިޝްކާ" ގެ މައްސަލާގައި އަލުން ކޯޓަށް ހުށަހެޅިޔަސް ހާސްކަމެއް ނެތް: ރިޝްމީ

ޝްވެކް ސިނަމާގައި މި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން ދައްކަމުން އަންނަ ޔާރާ ޕްރޮޑަކްޝަންގެ ފިލްމް "ވިޝްކާ" ގެ މިލްކުވެރިކަމުގެ މައްސަލާގައި ކޯޓްގައި އަލުން ދައުވާ ކުރިޔަސް އެއްވެސް ހާސް ކަމެއް ނެތް ކަމަށާއި އެކަމާ ދެކޮޅަށް މަސައްކަތް ކުރަން ތައްޔާރު ކަމަށް ޕްރޮޑިއުސަރު/ބަތަލާ ރިޝްމީ ރަމީޒް ބުނެފި އެވެ.
ހަސަން ހަލީމް (ކޮކޯ) ވަނީ "ވިޝްކާ" ގެ ވާހަކަ އާއި އޭގެ ސްކްރީންޕްލޭއަކީ އޭނާގެ ހައްގެއް ކަމަށް ބުނެ އޭގެ މިލްވެރިކަން ސާބިތުކޮށް ދިނުމަށާއި އެ ފިލްމް ރިލީޒް ކުރުން ހުއްޓުވައި ދިނުމުގެ އަމުރަކަށް ސިވިލް ކޯޓްގައި އެދިފަ އެވެ.
އެހެން ނަމަވެސް ކޯޓުން ބުނެފައި ވަނީ ފިލްމުގެ މަސައްކަތް ކުރަމުން ދިޔަކަން އެތައް ދުވަހެއް ކުރިން ހަސަނަށް އެނގޭ އިރު، އޭނާ އެ މައްސަލަ ކޯޓަށް ހުށަހަޅައި، ހައްގު ހޯދަން މަސައްކަތް ކުރުން އެކަށީގެންވާ ސަބަބެއް ނެތި ލަސްކޮށްފައިވާ ކަމަށެވެ.
"Vishka" release kurun huttuvan courtun amureh nudhin | Mihaaru
Mihaaru
އަދި "ވިޝްކާ" ފިލްމު ނެރުމަށް ސަރުކާރުން ހުއްދަ ދީފައިވާތީ، ފިލްމު ނެރުން ހުއްޓުވައިފި ނަމަ، ފިލްމުގެ ޕްރޮޑިއުސަރު އަދި އެ މައްސަލާގައި ދައުވާ ލިބޭ ރިޝްމީ އަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ސިވިލް ކޯޓުން ބުންޏެވެ. އަދި މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމަށް ކޮކޯގެ ވަކީލު މި މަހުގެ 14 ވަނަ ދުވަހު ކޯޓަށް ހާޒިރު ނުވުމުން، "ވިޝްކާ" ގެ މައްސަލަ ސިވިލް ކޯޓުން ވަނީ ބޭރުކޮށްލައިފަ އެވެ.
އެހެން ނަމަވެސް މި މައްސަލަ އަލުން ކޯޓަށް ވައްދަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
މި ފަހަރު ކޮކޯގެ ފަރާތުން މައްސަލަ އަލުން ހުށަހަޅުއްވަނީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަހުމަދު މުއިއްޒާއި މުހައްމަދު ޝަހުދީ އަދި ހުސެން ސިރާޖެވެ.
Mash'hooru vakeelunthakeh Vishkage massala alun court ah hushahalhanee | Mihaaru
Mihaaru
އެނގިފައިވާ ގޮތުގައި މި މައްސަލަ އަލުން ހުށަހަޅަނީ 2010 ވަނަ އަހަރު އަމަލު ކުރަން ފެށި ކޮޕީރައިޓާ ބެހޭ ގާނޫނުގެ ދަށުންނެވެ.
މިކަމާ ބެހޭ ގޮތުން ރިޝްމީ ބުނީ "ވިޝްކާ" އަކީ އޭނާގެ އެއްޗެއްކަން ކޯޓްގައި ސާބިތުކޮށް ދެވޭނެ ކަމަށެވެ.
"އެއީ އަހަރެންގެ އެއްޗެއްކަން އަހަންނަށް އެނގޭ. އެކަމާ އެއްވެސް ސުވާލެއް ނެތް. އެހެންވީމާ އެކަމާ ފައިޓް ކުރަން އަހަރެން މިހިރީ ތައްޔާރަށް. ތަކުރާރުކޮށް މައްސަލަ ކޯޓަށް ހުށަހެޅިޔަސް، ހާސް ކަމެއް ނެތް،" ރިޝްމީ ބުންޏެވެ.
އޭނާ ބުނީ "ވިޝްކާ" އަކީ އޭގެ ވާހަކަ ލިޔުނު އަބްދުﷲ ވިޝާމާއި ސްކްރީންޕްލޭ ލިޔުނު މަހުދީ އަހުމަދަށް ފައިސާ ދީފައި ގަނެފައިވާ އެއްޗެއް ކަމަށެވެ. އެހެންވެ އޭގެ މިލްކުވެރި ކަމަށް އެހެން މީހަކަށް ދައުވާ ނުކުރެވޭނެ ކަމަށް ރިޝްމީ ބުންޏެވެ.
"ވިޝްކާ" ގެ ޓްރެއިލާއެއް.
"ވިޝްކާ" އަކީ ރަވީ ފާރޫފް ޑައިރެކްޓްކޮށް، ރިޝްމީއާ އެކު މުހިއްމު ރޯލެއް ވެސް ކުޅެފައިވާ ކްރައިމް ތުރިލާއެކެވެ.
މީގެ މުހިއްމު ރޯލަކުން އަހުމަދު ސައީދު ވެސް ފެނިގެން ދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ