ރަށްރަށަށް ކުރިމަތިވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް އާ 72 ޖަނަރޭޓަރު ގެންނަން އަންނަ އާދީއްތަ ދުވަހު ބައިނަލްއަގުވާމީ ބިޑަށް ހުޅުވާލަން ފެނަކަ ކޯޕަރޭޝަނުން ނިންމައިފި އެވެ.
ބުރާސްފަތިދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ ފެނަކައިގެ ހިދުމަތްތައް ރަނގަޅުކުރަން ސަރުކާރުން 150 މިލިއަން ރުފިޔާ މިހާރު ދީފައިވާ ކަމަށެވެ. މި ފައިސާ އިން ޖަނަރޭޓަރު ހޯދައި އަދި ބައެއް ރަށްރަށުގެ ޑިސްޓްރިބިއުޝަން ނެޓްވޯކް ރަނގަޅުކުރުމުގެ މަސައްކަތްކުރެވޭ ވަރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބޮޑެތި މައްސަލަތައް ހުރި ތޭރަ ވަރަކަށް ރަށް މި އުޅެނީ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ. އެ ތޭރަ ރަށަށް ހައްލެއް ގެނެވޭ ވަރުވާނެ އަޅުގަނޑުމެން 72 ޖަނެރޭޓަރު ހޯދާފައި،" ނިމާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖަނަރޭޓަރުތައް ހޯދުމަށް ފަހު ތިން މަހެއްހާ ދުވަހުގެ ތެރޭގައި ރަށްރަށުގައި އެ ތަކެތި ބަހައްޓައި ނިންމާލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އަލަށް ގެންނަން ހަމަޖައްސާފައި ވަނީ 150-2000 ކިލޯވޮޓްގެ ޖަނަރޭޓަރެވެ. ބޮޑެތި ޖަނަރޭޓަރުތައް ގެންނަނީ އައްޑު އާއި ފުއައްމުލަކާއި ހދ. ކުޅުދުއްފުށި ފަދަ ބޮޑެތި ރަށްތަކަށް އަމާޒުކޮށްގެންނެވެ. ޖަނަރޭޓަރުތައް ބަހައްޓާނެ އެހެން ރަށްތައް ވެސް މިހާރު ވަނީ ކަނޑައަޅާފަ އެވެ.
ސަރުކާރުން ފެނަކަ އަށް 150 މިލިއަން ރުފިޔާ ދިން އިރު ސަރުކާރުގެ އެކި ތަންތަނުގެ ކަރަންޓް ބިލްތަކަށް ފެނަކަ ކޯޕަރޭޝަނަށް ދައްކަން ޖެހޭ އަދަދު މިހާރު ވެސް 160 މިލިއަން ރުފިޔާ އަށް އަރަ އެވެ.
ރަށްރަށުގެ ކަރަންޓް ހިދުމަތް ރަނގަޅުކުރަން 72 ޖަނަރޭޓަރު ގެންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ