ބުއްދިވެރިކަމާއެކު ކަންކަން ނުކޮށްފިނަމަ ރާއްޖެވެސް 'ހަނގުރާމައިގެ' ތެރެއަށް ވެއްޓިދާނެ: ރައީސް ނަޝީދު

ބުއްދިވެރިކަމާއެކު ކަންކަން ނުކޮށްފިނަމަ ރާއްޖެވެސް 'ހަނގުރާމައިގެ' ތެރެއަށް ވެއްޓިދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އަހުމަދިއްޔާ ސްކޫލްގެ އިނާމުދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ޓީވީތަކުން ފެންނަގޮތަށް ހަނގުރައިމައިގެ ހާލަތަށް މާލެ ނުވެއްޓިދާނެކަމަށް ދުވަހަކުވެސް ހީކޮށްގެން ނުވާނެކަމަށެވެ.
"ތިބޭފުޅުންނަށް ތާއަބަދު ފެންނަމުން ދާނެ ރީތިކޮށް ހުންނަގައުމުތައް ދެން ފެންނަން ހުންނަނީ ބަޑިވަޅުން ފުރިފަ ހުންނަ ދެބައިކުޅައެއްބަޔަށް ވެއްޓިފައިވާ އިމާރާތްތަކެއް. ގާތައް އެތަން މިތަނަށް އުކުފަ ސަފުސަފަށް ސަރުހަރު ދޫކޮށް މީހުން ދޫކޮށް މީހުން ހިނގާތަން. ބިކަހާލުގާ މައިން ބަފައިންގެ އުރުގާ ރޮމުން ދާތަން. އެއްގޮތަކަށް ވެސް އަޅުގަނޑު ދަންނަވާނީ ހިތައް ނާރުވައްޗޭ އެ މަންޒަރު މި މާލެއިން ނުފެދިދާނެކަމަކަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، މިފަދަ ހާލަތަކަށް ރާއްްޖެ ނުވެއްޓޭނީ ވަރަށް ބުއްދިވެރިކަމާއެކު މަސައްކަތް ކޮށްގެން ކަމަށެވެ. އަދި އެކަން ބުއްދިވެރިކަމާއެކު ކުރުމަކީ މިއަދު ފަރުދީ ޒިންމާއަކަށް ވެފައިވާކަމަށެެވ.
"ވަަރަށް ބުއްދިވެރިކަމާއެކު ކަންކަން ކުރިއަށް ނުގެންގޮސްފިއްޔާ ހަރާބުގެ އައްސޭރިއަށް ތިބޭފުޅުންގެ ޖީލު. ތިކުދިންގެ ޖީލު ގޮސްދާނެ. އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް އަޅުގަނޑުމެންގެ ޒިންމާއެއް އެއީ ސަލާމަތުގެ އައްސޭރިއަށް މިގައުމު ގެންގޮސްދިނުން،"
ރައީސް ނަޝީދު ވިދާޅުވީ މިއަދު ރާއްޖޭގެ މުޖުތަމައުގައި ވަރަށް 'ގޯސް' ވާހަކަތައް ދައްކަމުން އަންނަކަމަށެވެ. އެގޮތުން މީހުންނަށް އިންޒާރުދީ ހަދާ މައްސަލަ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގޯސް ވާހަކަ ދައްކަން ފަށައިފި. އޭނާއަކީ ގޯސް މީހަކަށް ވާތީ އޭނާއަށް ހަދަންވީ ގޮތުގެ ވާހަކަ ދައްކަބް ފަށައިފި. އޭނާއަށް ހަދަންޖެހޭ ގޮތަކީ މިއީއޭ. އޭނާ ހަގީގަތުގަ ދެކި ހުރީ އެނާއަކީ ރަނގަޅު މީހެއްކަމާށް ދެކިގެން. ކިތަންމެ ބަޔަކުވެސް އެބަ ދެކޭ އޭނާއަކީ ރަނގަޅު މީހެއްކަމަށް." މަޖްލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ އަހުމަދިއްޔާގެ ދަރިވަރުންނަށް ނަސޭހްވެސް ދެއްވާފައެވެ. އެގޮތުން ހިޔާލު ތަފާތުވިއަސް އެކުގައި އުޅެވެން ޖެހޭނެކަމަށް ވިދާޅުވިއެވެ. ފާޅުކުރާ ހިޔާލެއްގެ ސަބަބުން އެކަކު އަނެކަކު އެކީގަ ނޫޅެވޭ ހިސާބަށް ކަންކަން ގޮސްގެން ނުވާނެކަމަށެވެ.
"އަޅުގަނޑު ތިކުދިންކައިރީގަ ދަންނަވަން އޮތް ވާހަކައަކީ ހިޔާލުތަފާތުވާނޭ. ރަނގަޅާ ނުބައިވެސް އެކިމީހުން އެކިގޮތަށް ދެކޭނޭ. އެހެންނަމަވެސް އެ ހިޔާލުތަފާވުންތަކާއެކުގާ އަޅުގަނޑުމެން އެންމެނަށް އެކީގާ އުޅެވެން ޖެހޭނޭ. އަޅުގަނޑުމެން އެންމެނަށް އެކެއްގެ ހިޔާލު އެއީ ހަޖަމުނުކުރެވޭ ހިޔާލެއްކަމަށް ވެ އެއާއެކީގާ ނޫޅެވޭތަނަށް ދިޔާމާ އެއީ ހިޔާލުތަފާތުވުމުގެ ސަބަބުން ހަމަނުޖެހުން އުފެދޭ ހިސާބު. އެއީ އަޅުގަނޑުމެން ދާން ބޭނުން ވާނެތަނެއް ނޫން،"
ރައީސް ނަޝީދު ވިދާޅުވީ ގައުމުގެ މިސްރާބު އޮތީ މިއަދު ނިންމާ ނިންމުންތަކެއްގެ މައްޗަށް ކަމަށެވެ. އެގޮތުން ރަނގަޅާ ނުބައި ބުނެދޭން އެތައް ބަޔަކު މަސައްކަތް ކުރާކަމަށެވެ.
"މިއަދު އަޅުގަނޑުމެން ނިންމާ ނިންމުން ބަޔާންކޮށްދޭނެ އަޅުގަނޑުމެންގެ ގައުމު ދާނެތަން. ތި ބޭފުޅުން ތި ދެކޭ ރަނގަޅުގާ އުޅެވިދާނެތޯ؟ އެއީ ގޯހަށް މާދަމާ ބަދަލުވެގެން ހިނގާދާނެތޯ؟ ގޯހާ ޖަދަލުކުރާންވެގެން ކިތަންމެ ބަޔަކު ނުކުންނާނެ. އަދި އެ ރަނގަޅު ބުނެދޭން ވެސް އެތައް ބަޔަކު ނުކުންނާނެ. އަޅުގަނޑުގެ އިލްތިމާސްއަކީ އެ ހިޔާލުތަފާތުވުމުގައި ހުރިހާ ކުދިން ވެސް އުޅެއްޗޭ. އެކަކު އެއީ މާމޮޅު މީހަކަށްވެގެން އޭނާއަށް މާ ބޮޑުއެއްޗެއް އެނގި ތިމަންނާ މިހުރީ ގޯހުގާކަމަށް އެއްވެސް ކުއްޖަކު ނުދެކެއްޗޭ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ