އަޒްމިރަލްޑާ އާއި ޝުޖޫން ސުޕްރީމް ކޯޓަށް އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވާފައިވާ ޑރ. އަޒްމިރަލްދާ ޒާހިރުއާއި އައިޝާ ޝުޖޫން މުހައްމަދަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. އަޒްމިރަލްދާ އާއި ޝުޖޫން އަށް ރުހުން ދިނުމަށް 62 މެންބަރުން ވޯޓު ދެއްވި އިރު ނުފެންނަ ކަމަށް ވަނީ 1 މެންބަރުން ވޯޓު ދެއްވާފައެވެ. އަދި ވަކި ކޮޅަކަށް ވޯޓު ނުދީ އެއް މެމްބަރަކު އިންނެވިއެވެ. ސުޕްރީމް ކޯޓަށް އަޒްމިރަލްދާ އަދި ޝުޖޫން އައްޔަން ކުރަން ފެންނަ ކަމަށް ޖުޑިޝަރީ ކޮމިޓީއިން ފާސްކޮށްފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުއެވެ. އަޒްމިރަލްދާ އަދި ޝުޖޫން އައްޔަނު ކުރުމަށް ފެންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ވަނީ ލަފާ ދެއްވާފަ އެވެ. ޖުޑީޝަރީ ކޮމިޓީން ނިންމީ އެ ލަފައާ އެއްގޮތަށް ކުރިއަށް ދާށެވެ. ސުޕްރީމު ކޯޓުގެ ފަނޑިޔާރު ކަމަށް އަޒްމިރަލްދާ އަދި ޝުޖޫން އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރިއިރު، ޖުޑިޝަރީ ކޮމިޓީއިން ފަނޑިޔާރުކަމަށް ކުރިމަތިލީ ފަރާތްތަކާ އިންޓަވިއުކޮށްފައެއް ނުވެ އެވެ. އައިޝާ ޝުޖޫން މުހައްމަދަކީ ސިވިލް ކޯޓުގެ ގާޒީކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޑރ. އަޒްމިރަލްދާ ޒާހިރަކީ ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ