ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު މެދުވެރިކޮަށް ހައި ވޯލްޓޭޖް ކޭބަލް އެޅުމުގެ މަސައްކަތް ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްފައި ވަނީ ދައުލަތަށް އެންމެ ފައިދާވާ ގޮތަށް ކަމަށާއި ގަވާއިދަކާ ހިލާފުވެފައި ނުވާނެ ކަމަށް މައި ކަރަންޓު ކުންފުނި، ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯ އިން މިހެން ބުނީ، މާލެއާއި ހުޅުލެ ދެމެދު ހައި ވޯލްޓޭޖު ކޭބަލް އެޅުމުގެ މަސައްކަތް ހަަވާލު ކުރީ ކޮރަޕްޝަންގެ ތެރެއިން ކަމަށް ބުނެ އޭސީސީއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ މަޝްރޫއު ކުންފުންޏަކާ ހަވާލުކުރުން މަޑު ޖައްސާލުމަށް ސްޓެލްކޯއަށް އަންގާފައިވާ ދަނޑިވަޅެއްގަ އެވެ.
އެކަމާ ގުޅިގެން ސްޓެލްކޯ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު މެދުވެރިކޮށް ޕަވާ އިންޓަކަނެކްޝަން ނެޓްވޯކެއް އެޅުމުގެ މަޝްރޫއުގެ މަސައްކަތް ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ކުރިޔަށް ގެންދިޔުމަށް ޑޮންފަން އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން (ޑީއީސީ) ހަވާލު ކުރުމަށް ސްޓެލްކޯ އިން ނިންމީ އެ ކުންފުންޏަކީ އެންމެ ކުޑަ އަގު ހުށަހެޅި ކުންފުންޏަށް ވާތީ، އެއީ ފަންނީ ގޮތުންނާއި މާލީ ގޮތުން ސްޓެލްކޯއަށް އެންމެ ފައިދާ ހުރި ގޮތް ކަމުގައިވާތީ ކަމަށެވެ. އަދި އެ ނިންމުން ނިންމީ ދައުލަތަށް ވެސް އެންމެ ފައިދާވާނެ ގޮތަށް ބަލާފައި ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެގޮތުން އެ މަސައްކަތް ކުރުމަށް ޑީއީސީގެ އިތުރުން ކުރިމަތިލީ ޗައިނާ އިލެކްޓްރިކް އިންޖީނިއަރިން ކޯ ލިމިޓަޑް (ސީއެންއީއީސީ) ކަމަށެވެ. އަދި އެ މަޝްރޫއު ހަވާލު ކުރި ޑީއީސއިން ހަތް އަހަރު ތެރޭގައި ދައްކާ ގޮތަށް 44.4 ޑަޮލަރުގެ އަގެއް ހުށަހެޅާފައިވާ ކަމަށާއި ސީއެންއީއީސީ މަސައްކަތް ކުރަން ހުށަހެޅީ، ފަސް އަހަރުގެ ތެރޭގައި 56.6 މިލިއަން ޑޮލަަރު ކަމަށެވެ.
"...ސްޓެލްކޯއިން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލު ކުރާނީ ކަސްޓަމަރުންނަށާއި ދިވެހި ރައްޔިތުންގެ މަސްލަހަތަށް އެންމެ ފައިދާ ހުރި ގޮތަށް، ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތެއް އަދި ހޯދ ހިދުމަތެއް ނުވަތަ ގަންނަ މުދަލެއް ވިޔަސް އެ މަސައްކަތެއް ހަވާލު ކުރުމުގައި އަމަލު ކުރަމުންދާނީ ޒިންމާދާރުކާމާއި ނުފޫޒުން އެއްކިބާވެފައިވާ ގޮތުގެ މަތިން ދައުލަތުގެ ވިޔަފާރި ކުންފުނިތައް ހިންގުމަށް އަމަލު ކުރާ ކޯޕަރޭޓް ގަވަނަންސް ކޯޑާ އެއްގޮތަށް،" ސްޓެލްކޯއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ހައި ވޯލްޓޭޖް ކޭބަލް އެޅުމުގެ މަސައްކަތާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް އޭސީސީން މިދިޔަ އާދީއްތަ ދުވަހު ސްޓެލްކޯއަށް ވަޑައިގެން މައުލޫމާތު ސާފު ކުރުމަށް އެދިފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި އެކަމާ ގުޅޭ ހުރިހާ ތަފްސީލެއް ހިއްސާކޮށްފައިވާ ކަމަށާއި ތަހުގީގު ނިންމާ މަޝްރޫއު ކުރިޔަށް ގެންދިޔުމަށް އޭސީސީން އަންގަންދެއް، އެ ދުވަހުން ފެށިގެން މަޝްރޫއާ ގުޅޭ ހުރިހާ މަސައްކަތެއް އެ ކޮމިޝަންގައި އަނގާފައިވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ބްރިޖު މެދުވެރިކޮށް އަޅާ ހައިވޯލްޓޭޖް ކޭބަލަކީ ސްޓެލްކޯއިން ހުޅުމާލޭގައި ގާއިމް ކުރާ 50 މެގަވޯލްޓުގެ އިންޖީނުގެއިން ބްރިޖު ހުރަސްކޮށް މާލެއާއި ގުޅުވާލެވޭ، 132 ކިލޯވޯލްޓުގެ ހައިވޯލްޓޭޖު ކޭބަލެކެވެ.
ބްރިޖްގެ ކަރަންޓް ވިއުގަ މަޝްރޫއު ހަވާލު ކުރީ ފައިދާވާ ގޮތަށް: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ