އުމަރު ނަސީރުގެ ޕާސްޕޯޓު ހިފަހައްޓައިފި
ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެކަން އިއުލާނު ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ. އުމަރުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ސިވިލް ކޯޓުން އަމުރެއް ނެރެފައިވާ ކަމަށާއި، އޭނާގެ ޕާސްޕޯޓު ހިފެހެއްޓީ ސާބިތު ދަރަނީގެ މައްސަލައެއްގައި ކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އުމަރު އޭނާގެ ޕަބްލިކް ވައިބާ ގްރޫޕުގައި ވިދާޅުވެފައިވަނީ ޕާސްޕޯޓު ހިފަހައްޓާފައިވާކަން އެނގި ނުލައްވާކަމަށާއި އޭނާ އާ ގުޅޭ އެއްވެސް މައްސަލައެއް އެއްވެސް ކޯޓެއްގައި ނެތް ކަމަށެވެ. "އެއްވެސް ކޯޓަކަށް ހާޒިރު ކޮށްފައިވެސް ނެތް. އަދި އަޅުގަނޑުގެ ހިއްސާ އެއް އޮންނަ ކުންފުންޏެއްވެސް ނުހުންނާނެ. މާދަން ކޯޓުން ސާފު ކުރާނަން ތިކަން ތިވާ ގޮތެއް،" އުމަރު ވިދާޅުވެފައިވެއެވެ. އުމަރުގެ ޕާސްޕޯޓު ހިފަހައްޓަފައިވާއިރު އޭނާ ވަނީ އިންތިޚާބުގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާ ސިޔާސަތުތައް ހާމަ ކުރައްވަން ފައްޓަވައިފައެވެ. ނަމަވެސް ސާބިތު ދަރަންޏެއް ސާބިތު ވެފައިވާ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ