އުއްތަމަ ފަނޑިޔާރު ކަމަށް ޑރ.އަބްދުﷲ ދީދީ އައްޔަން ކުރަނީ

ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޑރ.އަހުމަދު އަބްދުﷲ ދީދީ އައްޔަން ކުރުމަށް ރައީސް އަބްދުﷲ ޔާމީނަށް ލަފާ ދިނުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީން އެގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެކޮމިޝަނުގެ ބައްދަލުވުމެއްގައެވެ. އެގޮތަށް ފާސްކޮށްފައިވަނީ ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
ޑރ.އަބްދުﷲ ދީދީ އައްޔަން ކުރަން ފާސްކޮށްފައި މިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ކުރި ހުކުމަށް ސްޕްރީމް ކޯޓުން ތާއީދު ކުރުމުން އެ ދެ ބޭފުޅުންގެ މަގާމު ގެއްލުމުންނެވެ.
ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް މިހާރު ތިއްބެވީ ޑރ.އަބްދުﷲ ދީދީއާއި އަބްދުﷲ އަރީފާއި އާދަމް މުހައްމަދު އަބްދުﷲއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ