ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް، ހިޔަނި ކެބިނެޓްގެ އެންމެ ބޮޑު ޕާޓީ ކަމަށްވާ އެމްޑީޕީ ބައިވެރި ނުކޮށް އިތުރު ކެބިނެޓެއް އުފެއްދުމަށް ހުށަހެޅުމާއި އެކު ޖޭޕީ ތެރޭގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިއްޖެއެވެ.
އެގޮތުން ގާސިމް މިއަދު އިއުލާން ކުރެއްވި ޖުމްހޫރީ ކޯލިޝަންގެ ކެބިނެޓުގައި ނަން ހުށަހަޅާފައިވާ ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ކަމާލުއްދީން ވަނީ އެ މަޤާމު ބޭނުން ނުވާ ކަމަށް ދޭހަވާފަދަ ގޮތަކަށް ޓްވީޓެއް ކޮށްފައެވެ.
ޖޭޕީގެ ޓްވީޓާ އެކައުންޓު ޓެގުކޮށް އެ ޓްވީޓުގައި އަބްދުﷲ ކަމާލުއްދީން ވިދާޅުވީ، ނާހައި ޙަވާލުކުރާ މަޤާމެއް ނުވަތަ ޙަވާލުކުރަން އުޅޭ މަޤާމެއް ޤަބޫލުކުރާހިތް ނުވާކަމުގައެވެ.
"އަޅުގަނޑު މޭ އަޅުގަނޑު ކައިރީގައި ނާހައި އަޅުގަނޑާ ޙަވާލުކުރާ މަޤާމު، ނޫނީ ޙަވާލުކުރަން އުޅޭ މަޤާމު ޤަބޫލުުކުރާހިތްވާ މީހެއް ނޫން" އަބްދުﷲ ކަމާލުއްދީން ކުރި ޓްވީޓުގައި ވިދާޅުވިއެވެ.
އަބްދުﷲ ކަމާލުއްދީން ޖޭޕީގެ ނައިބު ލީޑަރު ކަމަށް ހޮވިވަޑައިގެންފައިވަނީ 2016 ވަނަ އަހަރުގެ ފަހުކޮޅުއެވެ.
އަބްދުﷲ ކަމާލުއްދީން މަޤާމާއި މެދު ޝަޢުޤުވެރި ނުވާކަން ހާމަކޮށްފައިވާއިރު، ފޭސްބުކް މެދުވެރިކުރައްވައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އަބްދުﷲ ކަމާލުއްދީން 20 މިނިސްޓްރީ އުފައްދާނެ ކަމަށެވެ. ގާސިމް ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް އަހުމަދު ފާރިސް މައުމޫންގެ ނަންވެސް ހުށަހަޅާފައެވެ.
ގާސިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ކޯލިޝަން އެއް ނެރޭނީ މިހާރު އޮތް ކޯލިޝަނުން ސާފު ކެންޑިޑޭޓެއް ނެރެން އެއްބަސް ނުވެއްޖެ ހާލަތެއްގައި ކަމަށެވެ.
ގާސިމް ކެބިނެޓް އިއުލާނު ކުރުމާއިއެކު، ޖޭޕީ ތެރޭގައި ހިޔާލުތަފާތުވުން އުފެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ