ދިޔަމިގިލީ ގެތަކުގެ ކަރަންޓް ބިލްގެ 75 ޕަސެންޓާ ކައުންސިލުން ހަވާލުވެއްޖެ

ތ. ދިޔަމީގިލީގެ ރައްޔިތުންނަށް، ރޯދަ މަހު ލުޔެއް ދިނުމުގެ ގޮތުން ރަށުގެ ގޭބީސީ ތަކުގެ ކަރަންޓް ބިލްގެ 75 ޕަސަންޓްގެ ހަރަދަށް އެ ރަށު ކައުންސިލުން ހަވާލު ވެއްޖެ އެވެ.
ދިޔަމިގިލީ ކައުންސިލްގެ ރައީސް މުހައްމަދު ވިޝާމް ވިދާޅުވީ، ކައުންސިލުން އެގޮތަށް ނިންމީ ރޯދަ މަހަކީ އާންމު އެންހެން މަސްތަކަށް ވުރެ ހުރިހާ ގޭބިސީތަކެއްގައިވެސް ކަރަޓް ބިލަށް އަރާވަރު ބޮޑު މަހެއް ކަމަށް ވުމުން ރައްޔިތުންނަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.
"އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައި ވަނީ އެހެން މަސްތަކަށް ވުރެ ރޯދަ މަހު ގޭގެ ކަރަންޓް ބޭނުން ކުރާލެ ގިނަ ކަން އަދި އެހެން މަސްތަކަށް ވުރެ އެހެން ކަންކަމަށް ހޭދަ ކުރާ އަދަދުވެސް ގިނަ، އެހެންވެ ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން ކައުންސިލުން ނިންމީ ކަރަންޓް ބިލްގެ 75 ޕަސަންޓް ކައުންސިލުން ދައްކައިދޭ ގޮތަށް،" އޭނާ ވިދާޅުވި އެވެ. "މީހުން ގިނަ ގޭތަކުގައި ބިލަށް އަރާވަރު އިތުރުވާނެ އެހެންނަމަވެސް އެ ގެތަކުގެ ވެސް 75 ޕަސަންޓް ކައުންސިލުން ދައްކައި ދޭނެ."
އޭނާ ވިދާޅުވީ، ގޭގައި ހިންގާ ވިޔަފާރި ތަކާއި އާންމުދަނީ ހޯދުމަށް ރަޖިއްސްޓްރީ ކޮށްފައިވާ އެހެނިހެން ކުދި ވިޔަފާރިތައް އެ ލިސްޓްގައި ނުހިމެނޭ ކަމަށެވެ. ކައުންސިލުން ދައްކައިދޭނީ މިމަހުގެ ބިލެވެ.
"މިއީ ހަމައެކަނި ގޭބިސީތަކަށް ކައުންސިލުން ހާއްސަ ކޮށްފައިވާ ކަމެއް،" ވިޝާމް ވިދާޅުވި އެވެ. "މީގައި ހިމެނޭނީ މި މަހުގެ ބިލް، މި މަހުގެ ބިލްގައި ހިމެނޭނީ މިދިޔަ މަހު 25 ން މި މަހުގެ 25 ގެ ނިޔަލަށް އޭރުން ހަ ރޯދަ ވެސް މި ޕެކޭޖުގައި ހިމެނޭނެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ