ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވެރިކަން ކުރާ ޕީޕީއެމްގެ ކެންޑީޑޭޓުން ކަނޑައަޅަންވާނީ ޕްރައިމަރީ އަކުން ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުން ބުނެފި އެވެ.
ޕީޕީއެމްގެ ރައީސް އޮފީހުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޓޭޓުން ޕްރައިމަރީއަށް ތައްޔާރުވެފައި ތިއްބާ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތީން ޕީޕީއެމްގެ ޕްރައިމަރީ ވީހާވެސް އަވަހަށް ބާއްވައިދިނުން އެދޭ ކަމަށެވެ. ޕީޕީއެމްގެ ކަންކަމުގައި އަބަދުވެސް ބަސް ބުނަމުން ގެންގޮސްފައި ވަނީ އެ ޕާޓީގެ އާއްމު މެމްބަރުން ކަމަށާއި، އެކަން އެހެން އޮއްވައި ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ގިނަ ކަންތައްތަކެއް ކުރަމުން ގެންދިއުމަކީ އެ ޕާޓީގެ އާއްމު މެމްބަރުން ކަންބޮޑުވާ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އަދި ވަކި މުއްދަތެއް ނެތް ގޮތަށް ޕްރައިމަރީ ފަސްކޮށްފައިވާ ކަމަށް ބުނެ، ޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން މިދިޔަ ހުކުރު ދުވަހު ކަނޑައަޅާނެ ކަމަށް ބުނެ ބަޔާނެއް ނެރުމަކީ ޕާޓީގެ ޕްރައިމަރީގައި ވާދަކުރަން ތިބި ގިނަ ކެންޑިޑޭޓުންނާއި އާއްމު މެމްބަރުން ހިތްހަމަ ނުޖެހޭނެ ކަމެއް ކަމަށެވެ.
ޕީޕީއެމް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ވަކި މުއްދަތެއް ނެތް ގޮތަށް ފަސް ކުރެވިފައިވާ ކަމަށެވެ. އެގޮތަށް ނިންމަންޖެހުނީ ޕާޓީގެ މުހިންމު ލިޔެކިޔުންތަކާއި މެންބަރުންގެ ދަފްތަރު ނެތުމުން ކަމަށެވެ.
ޕީޕީއެމް ކެންޑިޑޭޓުން ހޮވަންވާނީ ޕްރައިމަރީއަކުން: ރައީސް މައުމޫން ފެކްޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ