ހަފްތާއެއްހައި ދުވަސް ފަހުން މޫސުން ރަނގަޅު ވެއްޖެ

ފާއިތުވި ހަފްތާއެއްހާ ދުވަހު މުޅި ރާއްޖެއަށް ބޯކޮށް ވާރޭ ވެހި ވިއްސާރަ ކުރުމަށް ފަހު މިއަދު މޫސުން ރަނގަޅު ވެއްޖެއެވެ.
މިއަދު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން އޮތީ ރީތިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވެސް މިއަދު ވިދާޅުވީ ރާއްޖޭގެ އެކިހިސާބަށް ކެރީގެއަސަރުފޯރި ނަމަވެސް މިއަދު މޫސުން ރަނގަޅު ވާނެ ކަމަށެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 7 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 3 މޭލާ 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މިއަދު މަޑުވާނެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ލަފާކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ