ސައުދާއި ވައްޑޭގެ ގޮނޑީގެ ޝަރީއަތް މާދަމާ ސުޕްރީމް ކޯޓުގައި ފަށަނީ
ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ތުލުސްދޫ ދާޢިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑޭ)ގެ ގެ ގޮނޑި ހުސްވި ކަމަށް ބުނާ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި މާދަމާ ފަށަން އެޖެންޑާކޮށްފި އެވެ. ވަކި ވަކިން އެޖެންޑާ ކޮށްފައިވާ އެ ދެ މައްސަލައިގެ ތެރެއިން ވައްޑެގެ މައްސަލަ ތާވަލުކޮށްފައި ވަނީ މާދަމާ ހެނދުނު 10:30 އަށެވެ. އަދި ސައުދުގެ މައްސަލަ ތާވަލުކޮށްފައި ވަނީ، މެންދުރުފަހު 01:30 އަށެެވެ. ސުޕްރީމް ކޯޓަށް އެ ދެ މެމްބަރުންގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފު މުހައްމަދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީދު އަހްމަދު މަނިކު ވެސް، އިލެކްޝަނުން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅުމުން މައްސަލަ ހުށަހެޅި އެވެ. ނަމަވެސް އެ ދެ މެމްބަރުންގެ މައްސަލަ އަދި ތާވަލުކޮށްފައި ނުވެ އެވެ. ގޮނޑި ގެއްލުނު ކަމަށް ހަތަރު މެމްބަރުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ، ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައި ފައިސަލާ ކުރަނިވި ހުކުމެއް ކުރަންދެން މަޖިލީހުގެ މެމްބަރުންގެ ގޮތުގައި އެ ބޭފުޅުންނަށް ތިއްބެވޭނެ ކަމަށް އަމުރު ކޮށްދިނުމަށް އެދި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ