2018 ގައި ރައީސް ޔާމިނަށް “ތަންބްސް ޑައުން” ދައްކާލާނެ ކަމުގެ އިންޒާރު މަހުލޫފް ދެއްވައިފި

2018 ގައި ރައީސް ޔާމިނަށް “ތަންބްސް ޑައުން” ދައްކާލާނެ ކަމުގެ އިންޒާރު މަހުލޫފް ދެއްވައިފި އެވެ.ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި ރައީސް ޔާމީން ނިސްބަތްވެ ވަޑައިގަންނަވާ ޕީޕީއެމްގެ ކުރީގެ ތަރުޖަމާން އަހުމަދު މަހުލޫފް ވިދާޅުވީ އިއްޔެ ކުރެއްވި ޓްވީޓެއްގަ އެވެ. މަހުލޫފްގެ ޓްވީޓުގައި ވިދާޅުވީ މިއަދު ރައީސް ޔާމީން އޭނާއާ ދިމާލަށް ބޮޑުވާ އިނގިލި ވަތަށް ޖަހައިގެން “ތަމްބްސް ޑައުން” ދައްކާލިނަމަވެސް، އިރާދަކުރެއްވިއްޔާ 2018 ވަނަ އަހަރު އޭނާގެ ފަރާތުން ރައީސް ޔާމިނަށް “ތަމްބްސް ޑައުން” ދައްކާލާނެ ކަމަށެވެ.Yameen, today you pointed your finger at me and gave a thumbs down. In Sha Allah I'll give you a thumbs down in 2018
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ