ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން ދޫކޮށްލައިފިއެވެ.
ފާރިސް ދޫކޮށްލައިފައިވާކަން ފާރިސްގެ ވަކީލުން ވަނީ ކަށަވަރުކޮށްދީފައެވެ.
ފާރިސް މައުމޫން ގެ ވަކީލު ހުސެއިން ޝަމީމް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުން ދޫނިދޫ ޖަލުން ފާރިސް ދޫކޮށްލުމުން ފާރިސް އާއި އެކު މިހާރު މާލެ އަށް ދަތުރުކުރައްވަމުން ގެންދަވާ ކަމަށެވެ.
ފާރިސް ބަންދުގައި ހުރީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާގެ ޝަރީޢަތް ނިމެންދެނެވެ. އެއީ ޝަޚްސު އޮޅުވާލުމުގެ ދައުވާ އާއި ރިޝްވަތު ދިނުމުގެ ދައުވާއެވެ.
ޝަޚްސު އޮޅުވާލުމުގެ ދައުވާ އުފުލާފައި ވަނީ ޕީޕީއެމްގެ ނަމުގައި އޭނާ ނިއުސް ކޮންފަރެންސެއް ބާއްވާފައިވާތީއެވެ. އަދި ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، ފާރިސް ބޭނުންވާ ގޮތަކަށް އެވޯޓުގެ ނަތީޖާ ބަދަލުކޮށްލުމަށް މަޖިލިސް މެމްބަރަކަށް ރިޝްވަތު ދީފައިވާތީއެވެ.
ފުލުހުންގެ ބަންދުގައި ހުރި ފާރިސް މައުމޫން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ