އިންޑިޔާ ސިފައިންނާއި ދެކޮޅަށް އުމަރު ނިކުންނަނީ

ރާއްޖެއަށް އިންޑިޔާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރތައް ބަލަހައްޓައި އޮޕަރޭޓްކުރަން ތިބޭ ސިފައިންނާއި ދެކޮޅަށް ބޮޑު މުޒާހަރާއެއް ކުރައްވަފާނެ ފަދަ މޭރުމަކުން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވާހަކަފުޅު ދައްކަވައިފިއެވެ.
އުމަރު ނަސީރު މި މޭރުމުން ވާހަކަދެއްކެވީ ފޭސްބުކްގައި އެބޭފުޅާ ކުރެއްވި ޕޯސްޓެއްގައެވެ.
އުމަރު ވިދާޅުވީ ސިޔާސީ ލީޑަރުންނަށް 'ސުޕާރީ' ދެއްވައިގެން ގައުމުގެ މިނިވަންކަމާ ގުޅުން ހުރި ކަންކަން ހިންދާ ލެވިދާނެ ކަމަށް ހީކުރެވޭނަމަ އެއީ ކުށްހީއެއްކަމަށެވެ. އަދި ދެން ރާއްޖޭގައި ހިނގާ އެންމެ ބޮޑު މުޒާހަރާ ހިނގާނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ކަމަށްވެސް އެބޭފުޅާ ވަނީ ފާހަގަކުރައްވާފައެވެ.
އެބޭފުޅާ އިތުރަށް ވިދާޅުވީ އިންޑިޔާގެ ސިފައިން ރާއްޖެއިން ފައިބަން ޖެހޭނެކަމަށާއި ހެލިކޮޕްޓަރުތައް ދަތުރުކުރަނީ ދިއްލީން އަންނަ އޯޑަރަށް ކަމަށާއި އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ނޫންކަމަށެވެ.
"މި ހެލިކޮޕްޓަރު ރާއްޖެ ގެނެވުނު ފަހުން ރާއްޖޭގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ތިން ބޭފުޅަކާ އަޅުގަނޑު ސުވާލުކުރިން. އެ ބޭފުޅުން ވިދާޅުވަނީ މި އުޅަނދުތައް އުދުހެނީ އިންޑިއާގެ ދިއްލީ އިން ދޭ އޯޑަރަށް ކަމަށް. އެމްއެންޑީއެފްގެ އޯޑަރަކަށް ނޫން" އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ