ހިންނަވަރު ދާއިރާގެ އެމްޑީޕީ ޕްރައިމަރީއަށް ހަންޓަރ އަހުމަދު ކުރިމަތިލައްވައިފި

އެމްޕީއެލްގެ ބޯޑުގައި ކުރިން ހިމެނިވަޑައިގެންނެވި ހަންޓަރ އަހުމަދު އެމްޑީޕީ ކެންޑިޑޭޓެއްގެ ގޮތުގައި ހިންނަވަރު ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ ޕުރައިމަރީގައި ވާދަކުރެއްވުމަށް މިއަދު ފޯމު ހުށަހަޅުއްވައިފިއެވެ. ހަންޓަރ އަހުމަދަކީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު ވެރިކަމަށް ގެނައުމަށްޓަކައި ހިންނަވަރު ދާއިރާގައި ޢަމަލީ ގޮތުން ވަރަށް މުހިއްމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
ހަންޓަރ އަޙުމަދާ އެކު މިދާއިރާގެ ޕްރައިމަރީގައި އިތުރު ދެ ބޭފުޅަކު ވާދަކުރައްވާނެކަމުގެ އަޑުތައްވަނީ ފެތުރިފައެވެ. އޭގެ ތެރޭގައި ރައީސް އޮފީހުގައި ކުރިން މަސައްކަތް ކުރެއްވި ހިރިގާ ހުޝާމާއި ހިއުމަންރައިޓްސް ކޮމިޝަނުގެ ކުރީގެ މެންބަރު ޖީހާން މަހުމޫދު ހިމެނިވަޑައިގަންނަވައެވެ.
ހިންނަވަރު ދާއިރާގެ ގޮނޑިއަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު މިހާތަނަށް ފުރުއްވި ގޮނޑިއެވެ. އެގޮނޑި ހުސްވީ ރައީސްކަމަށް އިބްރާހިމް މުހައްމަދު ސާލިހު ހޮވިވަޑައިގަތުމުންނެވެ. ގޮނޑި ހުސްވިޔަސް އެދާއިރާގެ އިންތިޚާބު އޮންނާނީ މާޗު މަހުގެ ތެރޭގައި އެނޫން ދާއިރާތަކުގެ އިންތިޚާބާވެސް އެކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ