ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފުލުހަށް ހާޒިރުކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފުލުހަށް ހާޒިރުކުރަން އަންގައިފިކަމަށް ޕީޕީއެމްގެ ސެކެޓަރީ ޖެނަރަލް މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވީ އޮންލައިން ނޫހެއް ކަމަށްވާ "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައެވެ.މިގޮތުން ޝަރީފް ވިދާޅުވީ ފުލުހުން ޔާމީންއަށް މިއަދު ފޮނުވި ޗިޓުގައި ބުނެފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ މެންދުރު ސާދަގަޑި ސުންމިނެޓަށް ފުލުހަށް ހާޒިރުވުމަށް ރައީސަށް އަންގާފައިވާކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފުލުހަށް ހާޒިރުކުރުމަށް އަންގާފައިވާއިރު ފުލުހުންގެ ޗިޓުކޮޅާ ހަވާލުވެސްވީ އެމަނިކުފާނު އަމިއްލަފުޅަށެވެ. ޔާމީންގެ ވެރިކަމުގައި އެމަނިކުފާނަށް ވަނީ އެތައް ކޮރަޕްޝަންގެ ތުހުމަތުތަކެއްވެސް ކޮށްފައެވެ.އަދި ރާއްޖޭގެ ތާރީހުގައި ހިނގާފައިވާ އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލުވެސް ހިނގީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައެވެ.
ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައިވަނީ ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުންވެސް ހައްޔަރުކޮށްފައެވެ.މީގެ ތެރޭފައި ކުރީގެ ރައީސް އަދި ޔާމީންގެ ބޭބޭފުޅު ރައީސް މައުމޫނާއި ރައީސް ނަޝީދު ހިމެނިވަޑައިގަންނަވައެވެ. އަދި ޔާމީންގެ ސަރުކާރުގެ މިނިސްޓަރުންވެސް ވަނީ އެކި މައްސަލަތަކުގައި ހައްޔަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ