ޝަރުއީ އިލްމު ލިބިފައި ނުވާ މީހުން ސުޕްރީމް ކޯޓަށް ލުމަކީ ކޮންކަހަލަ އިންސާފެއްތޯ؟: އިލްޔާސް

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ މަޤާމުން ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަނުން އުޅޭތީ އެމަނިކުފާނުގެ ދިފާއުގައި ޝެއިހް އިލްޔާސް ވާހަކަ ދައްކަވައިފިއެވެ.މިއަދު ކުރެއްވި ޓުވީޓެއްގައި އިލްޔާސް ވިދާޅުވި ގޮތުގައި ކަމުގެ އިލްމު ލިބިފައިވާ، ޤާބިލް، ޤުރުއާން ހިތުދަސް، ޝަރީއާއިން ޕީއެޗްޑީ އޮތް ބޭފުޅަކު މި ޤައުމުގެ އުއްތަމަ ފަނޑިޔާރަކަށް ހުރުމަކީ ވަރަށް ބޮޑު ފަހުރެކެވެ. އަދި އެފަދަ ބޭފުޅަކު މަޤާމުން ވަކިކޮށް ޝަރުއީ އިލްމު ލިބިފައި ނުވާ ބަޔަކު އެ މަޤާމަށް ގެނައުމަކީ ކޮންކަަލަ އިންސާފެއްތޯ އިލްޔާސް ސުވާލުކުރެއްވިއެވެ. އަދި ރައްޔިތުން މިކަމާއި ވިސްނެވުމަށް އެދިވަޑައިގަތެވެ. މިމޭރުމުން އިލްޔާސް ވިދާޅުވެފައިވާ އިރު މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހް ހޮވަން އެންމެ ގަދައަށް ކެމްޕެއިން ކުރެއްވި ބޭފުޅުންގެ ތެރޭގައި އިލްޔާސް ހިމެނިވަޑައިގަންނަވައެވެ. އަދި ރައީސް ސޯލިހަކީ ރަސޫލާ ދުއާދެންނެވި ފަދަ ވެރިއެއް ކަމަށާއީ ދީނީ ގޮތުންވެސް އެންމެ ރަނގަޅުގޮތަކީ ރައީސް ސޯލިހަށް ވޯޓު ދިނުންކަމަށް ދޭހަވާ ފަދަ މޭރުމަކުން އިލްޔާސް ވާހަކަދެއްކެވިއެވެ. އުއްތަމަ ފަނޑިޔާރު އެ މަޤާމުން ވަކި ކުރެއްވުމުގަައި ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ނުފޫޒުއޮތްކަމަށް ވަރަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. އަދި ޝަރުއީ އިލްމު ނެތް ފަނޑިޔާރުން ކަމުގައިވާ އަޒްމިރަލްދާ ޒާހިރު އަދި ޢައިޝަތު ޝުޖޫން ސުޕްރީމްކޯޓަށް އައްޔަން ކުރެއްވީވެސް ރައީސް ސޯލިހެވެ. އެ މައްސަލާގައި ސަރުކާރަށް ޝެއިހް އިލްޔާސް ކޮންމެވެސް ވަރަކަށް ފާޑު ވިދާޅުވިނަމަވެސް ފަހުން ވަނީ އިލްމުވެރިންގެ ވާޖިބަކީ ރަނގަޅުގޮތް ބުނުން ކަމަށާއި އެކަންވެއްޖެ ކަމަށް ވިދާޅުވެ އެ ވާހަކަ ދެއްކެވުން ހުއްޓާލައްވާފައެވެ. ޝެއިހް އިލްޔާސަށް ރައީސް ސޯލިހްގެ ސަރުކާރުން ވަނީ މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީ އިން ރަމްޒީ މަޤާމެއް ދެއްވާފައެވެ. އެ މަޤާމާއި އެކު ޑިޕްލޮމެޓިކް ހުރިހާ އިނާޔަތެއް އިލްޔާސަށް ލިބިވަޑައިގަންނަވައެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ