ކުރީގެ އަނބިކަނބަލުންނަށް މެމްބަރު އީސަ އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް ފުލުހަށް

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
އެ މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި، އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމުގެ އަވަށްޓެރިއެކެވެ. އަސްރާއަކީ ނައިބު ރައީސް ފައިސަލް ނަސީމުގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، މެމްބަރު އީސައާ ގުޅޭ ގެވެށި އަނިޔާގެ މައްސަލައެއް ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އަދި އެ މައްސަލައިގެ ތަހުގީގުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން ދާނެ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދ ެއެވެ.
އަސްރާ ދިރިއުޅުއްވާ އެޕާޓްމަންޓް ހުންނަ އިމާރާތުގައި ދިރިއުޅޭ މީހަކާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އީސަ ގޮސް އަސްރާއަށް އަނިޔާ ކޮށްފައި ވަނީ ދެ އަހަރު ނުވާ ދަރިފުޅުގެ ކުރިމަތީގަ އެވެ. އަދި އެ އަނިޔާތަކާ ގުޅިގެން އަސްރާ އައިޖީއެމްއެޗުން ފަރުވާވެސް ހޯއްދެވި ކަމަށް ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ