ރިޒްނާ ހުޅުމާލެ ދާއިރާގެ ރައްޔިތުންނާ މާދަމާ ރޭ ބައްދަލުކުރައްވަނީ!

އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ގޮނޑިއަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ރިޒްނާ ޒަރީރު އެދާއިރާގެ ރައްޔިތުންނާއި މާދަމާ ރޭ ބައްދަލު ކުރައްވާނެއެވެ.
މި ބައްދަލުވުން ކުރިއަށް ގެންދާނީ "އާސްކް ރިޒްނާ"ގެ ނަމުގައެވެ. މި ބައްދަލުވުން މާދަމާ ރޭ 9:00ގައި ފޭސްބުކް އަދި ޓްވިޓަރއިން ބަލައިލެވޭނެއެވެ. ރިޒްނާ ވިދާޅުވީ، ވައިބަރ، ޓްވިޓަރ އަދި ފޭސްބުކް މެދުވެރިކޮށްވެސް އޭނާއަށް ސުވާލު ފޮނުވޭނެ ކަަމަށެވެ. ރިޒްނާއަށް ސުވާލު ފޮނުވަން ޖެހޭ ވައިބަ ނަމްބަރަކީ 7779653އެވެ.
ހުޅުމާލެ ދާއިރާއަަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ރިޒްނާގެ ކެމްޕެއިން ޖަގަހަ ދާދި ފަހުން ވަނީ ހުޅުމާލޭގައި ހުޅުވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ