އަލްމަރުޙޫމާ ހާޖަރާ ޢަލީގެ ހަނދާނުގައި އެމްޕީ އިސްމާޢިލް އަހުމަދު ބާއްވާ ޤުރްއާން މުބާރާތް ރޭ ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު ބާއްވާ ޤުރްއާން މުބާރާތް ރޭ ރ. ދުވާފަރުގައި ފަށައިފިއެވެ.މި މުބާރާތަކީ އެމްޕީ އިސްމާއިލް އަހުމަދުގެ މަންމާފުޅު އަލްމަރުޙޫމާ ހާޖަރާ ޢަލީގެ ހަނދާނުގައި ބާއްވާ ޤުރްއާން މުބާރާތެކެވެ. އަދި މިއީ މަޖިލިސް މެންބަރަކު އިސްނަންގަވައިގެން ދުވާފަރުގައި ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ.މި މުބާރާތުގައި ޖުމްލަ 82 ބައިވެރިން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ކިޔެވުން ރޭ ފެށިފައި ވާއިރު މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި ނިންމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ ފެށޭ ހަފުތާ ހޯމަ ދުވަހުއެވެ.މި މުބާރާތުގައި ރޭ ކުރިއަށް ގެންގޮސްފައި ވަނީ ވަނީ 19 އަހަރުން މަތީގެ ބައިވެރިންގެ ކިޔެވުމެވެ. މުބާރާތުގެ ޝަރަފުވެރި މެހެމާނަކީ ރ.އަތޮޅުގެ ކައުންސިލްގެ ޑިރެކްޓާރ ޖެނެރަލް ފަޠުހުﷲ އިސްމާއިލްއެވެ.  ޓެގްރ.ދުވާފަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ