އެޕޮއިންޓްމެންޓް ލިބޭ ވަގުތަށް ފައިޒަރ ވެކްސިން ޖެހުމަށް އައުމަށް އެދިއްޖެ

ކޮވިޑް-19އިން ދިފާޢުވުމަށް ބޭނުންވާ ފައިޒަރ-ބަޔޮންޓެކް ވެކްސިން ޖެހުމުގައި ޚާއްސަ ގޮތްތަކެއް ގެންގުޅެންޖެހޭތީ، ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހަމަޖެހޭ ވަގުތަށް ވެކްސިން ޖެހުމަށް އައުމަށް އެދިއްޖެއެވެ.
އެޗްޕީއޭއިން ބުނީ ފައިޒަރ ވެކްސިންގެ ލިމިޓެޑް ސްޓޮކް ލިބުމަށް ރަޖިސްޓަރވެފައިވާ ފަރާތްތަކުން، އެޕޮއިންޓްމެންޓްގެ ވަގުތަށް ހާޒިރުވުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ. އެގޮތުން ފައިޒަރ ވެކްސިންގެ ފުޅިއެއް ހުޅުވާތާ ހަ ގަޑިއިރުގެ ތެރޭގައި އެ ފުޅި ބޭނުންކުރަންޖެހޭނެކަމަށް ވަނީ ފާހަގަކޮށްފައެވެ.
އަދި އެޕޮއިންޓްމެންޓްގެ ވަގުތަށް ހާޒިރުވެއްޖެނަމަ ވެކްސިން ފުޅި އެއްލާާލަން ޖެހޭކަމަށާއި، މިކަމުގެ ސަބަބުން ވެކްސިން ޑޯޒްތައް އިސްރާފުވެ އެ ވެކްސިން ލިބޭ މީހުން މަދުވެގެންްދާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ދިވެހިރާއްޖޭގައި ހިންގަމުންދާ ކޮވިޑް-19 ވެކްސިނޭޝަން ކެމްޕެއިންގައި ފައިޒަރ ވެކްސިން ބޭނުންކުރުމުގެ ހުއްދަ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މާޗްމަހުގެ 15ވަނަ ދުވަހުގައި ވަނީ ދީފައެވެ. މިއީ ޑަބްލިޔުއެޗްއޯގެ އިމަރޖެންސީ ޔޫޒް ލިސްޓިންގގައި އެންމެ ފުރަތަމަ ހިމެނި ވެކްސިންކަންވެސް ފާހަގަކޮށްލެވެއެވެ.
ފައިޒަރ ވެކްސިނަކީ އެމްއާރުއެންއޭ ބާވަތުގެ ވެކްސިނެކެވެ. މި ވެކްސިން ހަށިގަނޑަށް ޖެހުމުން އެމްއާރުއެންއޭ ކިޔާ ބޮޑީ ޖެނެޓިކް މެޓީރިއަލެއް ހަށިގަނޑަށް ތަޢާރަފުކޮށްދޭނެއެވެ. މީގައި ކޮރޯނާ ވައިރަހުގެ ސްޕައިކް ޕްރޮޓީން އުފެއްދުމުގެ އިންސްޓްރަކްޝަންތައް ހިމެނިގެންވެއެވެ. މި ޕްރޮޓީންތަކުގެ ރައްދުގައި ހަށިގަނޑުގެ ދިފާޢުތައް އެކްޓިވޭޓްވެގެންދެއެވެ.
މި ވެކްސިނަކީ ވަކި ފިނިހޫނުމިނެއްގައި ބަހައްޓާ ގެންގުޅެން ޖެހޭ ވެކްސިނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ