ރޯދަ މަހު ފެމިލީ ކޯޓުން ކައިވެނި ކޮށްދޭނެ ގަޑިތައް އާންމުކޮށްފިއެވެ.
ފެމިލީ ކޯޓުން ބުނެފައިވަނީ ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ފެމިލީ ކޯޓުން ކައިވެނިކޮށްދޭގޮތަށް ހަމަޖެހިފައިވަނީ، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން މެންދުރު 12:30 އަށް ފެމިލީކޯޓުގައި އެކަނިކަމަށެބެ.
މި އަހަރުގެ ރަމަޟާން މަހުގެ ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 ން މެންދުރުފަހު 1:00 އަށް ކަމުގައި ރައިސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.
ކަލަންޑަރުގައި ވާގޮތުންނަމަ މިއަހަރު ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އޭޕްރިލް 13 ވަނަ ދުވަހެވެ.
ރޯދަ މަހު ފެމިލީ ކޯޓުން ކައިވެނި ކޮށްދޭނެ ގަޑި އާންމުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ