ފައިޒާ ވެކްސިން އަންނަ އާދިއްތަ ދުވަހު ޖަހަން ފަށަނީ

ކޮވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި އަލަށް ޖަހަން ފަށާ ފައިޒާ ވެކްސިން ދިނުން އާދިއްތަ ދުވަހު ފަށާނެ ކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ވިދާޅުވެއްޖެ އެވެ.އެޗްޕީއޭއިން ބުނިގޮތުގައި ފައިޒާ ވެކްސިން ދެވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެޕޮއިންޓްމެންޓް ދީގެންނެވެ. އެހެންކަމުން އެފަދަ ބަލި ޙާލަތު މެދުވެރިފައިވާ މީހުން ފައިޒަރ ވެކްސިން ޖެހުމަށްޓަކައި https://tinyurl.com/j5jdehrz ލިންކުން ރަޖިސްޓަރ ކުރެއްވުމަށް އެޗް.ޕީ.އޭއިން ވަނީ އާއްމުކޮށް ހުޅުވާލާފައެވެ. ފައިޒާ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ 16 އަހަރާއި 17 އަހަރުގެ ކުދިންނާއި 60 އަހަރުން މަތީގެ މީހުން ތެރެއިން ދިގުމުއްދަތަކަށް ދާއިމީ ބައްޔަށް ބޭސްކުރާ ފަރާތްތަކަށެވެ. އޭގެއިތުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ ދިފާއީ ނިޒާމް ބަލިކަށިވެފައިވާ ހާއްސަ ހާލަތްތަކުގައިވާ ފަރާތަތަކަށް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.ފައިޒަރ ވެކްސިން ޖަހަމުންގެންދާނީ ރަޖިސްޓަރވާ ފަރާތްތަކަށް އަންގާ ވަގުތު ހަމަޖައްސައިގެންކަމަށާއި، މިވެކްސިން މިވަގުތު ދޭނީ މާލެ ސަރަޙައްދުގަކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ. އަދި ވެކްސިން ދޭނީ ރާއްޖެއަށް ލިބިފައިވާ ފައިޒަރ ވެކްސިންގެ މުޅި އަދަދުން 2 ޑޯޒް ފޯރުކޮށްދެވޭނެ އަދަދަށް ބަލައިގެންކަމަށާއި، މި ވެކްސިން ދިނުމުގައި އުމުރުން ދޮށީ މީހުންނަށް އިސްކަން ދޭނެކަމަށްވެސް އެ އެޖެންސީން ވިދާޅުވެއެވެ.ރާއްޖޭގައި ކޮވިޑް-19އާއި ދެކޮޅަށް ވެކްސިން ދޭން ފަށާފައިވަނީ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. މިހާތަނަށް 3 ވެކްސިނަކަށް ރާއްޖޭގައި ވަނީ ހުއްދަ ދީފައެވެ. އެއީ ކޮވިޝީލްޑް ވެކްސިނާއި، ސިނޮފާމް ވެކްސިނާއި، ފައިޒަރ ވެކްސިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ