ސައިކަލްތަކެއްގައި ރޯ ކޮށްލައި ތިން ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެއްޖެ

މާލޭގެ މަގެއްގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ރޭ ފަތިހު ރޯކޮށްލައި ތިން ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެއްޖެ އެވެ.
ދޫހިމެރިމަގުގައި ހުންނަ މާޑު ގަރާޖު ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލްތަކުގެ ތެރެއިން އަނދައި ހުލިވި ދެ ސައިކަލެއްގެ ވެރިފަރާތް، މުހައްމަދު އަލީ ޖަލީލް މިއަދު ބުނީ އެނދި ތިން ސައިކަލު ވެސް ޕާކުކޮށްފައި ހުރީ އޭނާގެ ގޭ ދޮރުމައްޗަށްވާ ގޮތަށް މަގުމަތީގައި ކަމަށެވެ.
"ފުރަތަމަ ރޯކޮށްލާފައިވަނީ އެތަނުން އެއް ސައިކަލުގައި. ދެން ވައި ހުރި ގޮތުން އެހެން ސައިކަލުތަކުގައި ރޯވީ ކަމަށް ބެލެވެނީ،" މުހައްމަދު އަލީ ބުންޏެވެ.
އޭނާ ބުނީ ސައިކަލުގައި ބަޔަކު ގަސްދުގައި ރޯކޮށްލާފައިވާ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށާއި އެހެން ނަމަވެސް އެކަން ކުރި ބަޔަކު އަދި އެނގިފައި ނުވާ ކަމަށެވެ.
"ބެޓެރީ ޝޯޓެއްވެގެން އަލިފާން ރޯވާ ގޮތަކަށް ނޫން ހުރީ. ބޮޑަށް ބެލެވެނީ ސައިކަލުގެ ޕެޓްރޯލް ހޮޅި ބުރިކޮށްލައި، ރޯކޮށްލާފައި ހުރީ ކަމަށް،" މުހައްމަދު އަލީ ބުންޏެވެ.
އޭނާ ބުނީ އަލިފާން ރޯވެ އަނދާ ހުލިވެފައިވަނީ ވޭވް ސައިކަލަކާއި ޕަލްސާއަކާއި ހޮންޑާ އެންއެކްސް ސައިކަލެއް ކަމަށެވެ. ސައިކަލްތަކުގައި ހިފި ހުޅުގަނޑު މުޅިން ނިއްވާލެވުނީ ފުލުހުންނާއި އާއްމުންގެ އެހީތެރިކަމާ އެކު ފެން ޖަހައިގެން 45 މިނެޓެއްހާ އިރު ފަހުން ކަމަށް ވެސް އޭނާ ބުންޏެވެ.
ފުލުހުންގެ އޮފިޝަލަކު ވެސް މިއަދު ވިދާޅުވީ އެ ސައިކަލުތަކުގައި ބަޔަކު ގަސްދުގައި ރޯކޮށްލާފައި ހުރި ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. އަދި އަނދާ ހުލިވި ތިން ސައިކަލުގެ އިތުރުން އެތަނުގައި ހުރި އިތުރު ދެ ސައިކަލަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
59: 06
ރޭ ފަތިހު މާލޭގައި ބަޔަކު ސައިކަލްތަކެއްގައި ރޯކޮށް އަންދާލައިފި އެވެ.
ރޭ ފަތިހު 15: 5 ހާއިރު ހިނގި މި ހާދިސާގައި ރޯކޮށްލާފައިވަނީ ބޮޑު ރަސްގެފާނު މަގުގައި ޕާކްކޮށްފައި ހުރި ސައިކަލްތަކެއްގަ އެވެ. ފުލުހުން ބުނި ގޮތުގައި ބަޔަކު ގަސްދުގައި ހިންގި މި ހާދިސާގައި ހަތަރު ސައިކަލެއް ވަނީ އަނދައިފަ އެވެ.
(އިތުރު ތަފްސީލު އަންނަނީ...)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ