ގާސިމް ރާއްޖެ ގެނެސްދޭން ފުލުހުންގެ ކިބައިން އެދިއްޖެ

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމަށް ބޭސްފަރުވާ ކުރުމަށް ދީފައިވާ މުއްދަތުގައި އޭނާ ރާއްޖެ އައިސްފައިނުވާތީ، ގާސިމް ފިއްލެވީކަމަށް ބަލައި ރާއްޖެ ގެނެސްދިނުމަށް ކަރެކްޝަނަލް ސާވިސްއިން ފުލުހުންނަށް ހުށަހަޅައިފިއެވެ.ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހާޒިރުވާން ޖެހޭ މީހަކު ހާޒިރު ނުވެގެން ކަރެކްޝަނުން އެހީއަށް އެދިފައިވާ ކަމަށާއި އަދި ފުލުހުން އަމަލުކުރަމުންދާ ޕްރޮސީޖާގެ ދަށުން އެކަން ކުރަމުންދާ ކަމަށެވެ.ގާސިމްއަކީ ހުސްވި އޮގަސްޓް މަހުގެ 24 ވަނަ ދުވަހުގެރޭ ރިޝްވަތު ދޭން އުޅުނުކަން ޝަރީއަތަށް ސާބިތުވެ ތިން އަހަރާ ދެ މަހާ ބާރަ ދުވަހުގެ ޖަލު ހުކުމެއް އިއްވަފައިވަ ބޭފުޅެކެވެ.އެނާގެ ބޭސްފަރުވާއަށް ދީފައިވާ މުއްދަތާއި ގުޅޭގޮތުން ޗެނަލްތާޓީންއަށް މައުލޫމާތު ދެއްވަމުން ކަރެޝަނަލް ސާވިސްގެ މީޑިއާ އޮފިސަރ އަހުމަދު ލުގުމާން ވިދާޅުވި ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ބޭސްފަރުވާއަށް ސިންގަޕޫރަށް ފޮނުވާފައިވާ މުއްދަތު މިދިޔަ ހޯމަ ދުވަހަށް ހަމަވެފައިވާކަމަށެވެ. ގާސިމަށް ދެ ފަހަރަށް ދިން މުއްދަތު ހަމަވުމުން، ހަފުތާއެއް އިތުރުކޮށްދިނީ ރާއްޖެ ވަޑައިގަތުމަށް ވާން ޖެހޭ ތައްޔާރީތައް ވުމަށްކަމަށާއި، ނަމަވެސް މުއްދަތުގެ ނިޔަލަށްވެސް ހާޒިރުވެފައިނުވާކަމަށެވެ.ގާސިމްގެ ބައްޔަށް ފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުން ލަފާ ދިނުމާއި ގުޅިގެން ސިންގަޕޫރުން ބޭސްފަރުވާކުރުމަށް ސަރުކާރުން އެންމެ ފުރަތަމަ ގާސިމަށް ދީފައިވަނީ ދިހަދުވަހުގެ މުއްދަތެކެވެ. އޭގެފަހުން ދެފަހަރެއްގެ މަތިން ގާސިމްގެ ބޭސްފަރުވާގެ ކަންކަން ކުރުމަށް މުއްދަތު އިތުރުކޮށްފައިވެއެވެ.ގާސިމް އިބްރާހިމްގެ ބޭސްފަރުވާ އަށް ދިން މުއްދަތު ހަމަވެފައިވާއިރު ސިންގަޕޫރުގެ އިމިގްރޭޝަން ގާނޫނުގައިވާ ގޮތުން އެގައުމަށް ގަވާއިދާ ޚިލާފަށް އެތެރެވާ މީހުންނާއި އަދި ޓްރެވަލް ޑޮކިއުމެންޓްގެ މުއްދަތުހަމަވެ ދިގުމުއްދަތަށް އުޅޭ ފަރާތްތަކާއިމެދު ހަރުކަށި ފިޔަވަޅުތަކެއް އަޅައެވެ. އެގޮތުން ހަމަހަށްވުރެ ދިގުމުއްދަތަށް ޖަލަށްލުމުގެ އިތުރުން ގަވާއިދާ ޚިލާފަށް އެގައުމުން ފުރަން މަސައްކަތްކޮށްފިނަމަ ދެހާސް ޑޮލަރުން އެމީހަކު ޖޫރިމަނާ ކުރުމާއި، ހަމަހުގެ ޖަލުހުކުމެއް އިއްވުން ހިމެނެއެވެ. އަދި ބައެއް ހާލަތްތަކުގެ ޖޫރީމަނާއާއެކު ހަމަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރެވޭނެ ކަމަށްވެސް އެގާނޫނުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ