ކުޑަކުދިންގެ ހިޔާއަށް ފައިސާ ހޯދަން ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދަމުން އަންނަކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން މިއަދު ވިދާޅުވީ، ކުޑަކުދިންގެ ހިޔާއަށް ފައިސާ ހޯދަންކަމަށް ބުނެ ގުޅައިގެން ބައެއް މީހުންގެ އަތުން ފައިސާ ހޯދަމުން އަންނަކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބެމުން އަންނަ ކަމަށެވެ.
އެ މިނިސްޓްރީިން ވިދާޅުވިގޮތުގައި، މިނިސްޓްރީގެ މަރުކަޒުތައް ކަމުގައިވާ ކުޑަކުދިންގެ ހިޔާއާއި ފިޔަވަތީގެ ފަރާތުން އެހީ ހޯދުމުގެ އެއްވެސް ހަރަކާތެއް ފޯނު މެދުވެރިކޮށް ނުވަތަ މުއާޞަލާތީ އެއްވެސް ވަސީލަތެއް މެދުވެރިކޮށް ކުރިއަށް ނުގެންދެއެވެ.
މި ފަދަ ކަންކަމަށް އެންމެހައި ފަރާތްތަކުން ސަމާލުވެ ތިބުމަށް އެ މިނިސްޓްރީން ވަނި ނަސޭހަތްތެރިވެފައެވެ.
އެ މިނިސްޓްރީން ވިދާޅުވީ، އެ މިނިސްޓްރީގެ ނަމުގައި އެފަދަ ފޯނު ކޯލާއި އެސްއެމްއެސްއާއި އީމެއިލް، އަދި މި ނޫން ވެސް މުއާޞަލާތީ ވަސީލަތެއް މެދުވެރިކޮށް މި ފަދަ ހަރަކާތެއް ހިންގާކަމުގެ މައުލޫމާތެއް ލިބިއްެޖެނަމަ އެ މިނިސްޓްރީއަށާއި، ފުލުހަށް އެންގުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ކުޑަކުދިންގެ ހިޔާއަށް އެހީ ހޯދަން ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ