ފުލުހުން ބަލަމުންދާ މައްސަލައެއްގައި ތޮއްޑޫ ދާއިރާގެ މެމްބަރު ފުލުހުންގެ އިދާރާއަށް ރޭ ހާޒިރުކޮށްފިއެވެ.
ފުލުހުންނަށް ބަޔާނަށް ދެއްވުމަށްފަހު ނުކުންނަވައި މީޑިއާއާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އޭނާއާ ފުލުހުން ސުވާލުކޮށްފައިވަނީ ޕާޓީ ބަދަލުކުރުމުގައި މަންފާތަކެއް ލިބޭގޮތަށް އަމަލުކޮށްފައިވާކަމަށް ބުނެކަމަށެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ އަލީ ވަހީދު ފުލުސް އޮފީހަށް ހާޒިރު ކޮށްފައިވަނީ މިހާރު ފުލުހުން ބަލަމުންދަ މައްސަލައަކާ ގުޅިގެން ކަމަށާއި، އިތުރު ތަފްސީލް ދެވެން ނެތް ކަމަށެވެ.
އަލީވަހީދު ފުލުސް އޮފީހަށް ހާޒިރުކުރި މައްސަލަ އެމްޑީޕީން ވަނީ ކުށްވެރިކޮށްފައެވެ.
ތޮއްޑޫ ދާއިރާގެ މެމްބަރު ފުލުހުންގެ އިދާރާއަށް ރޭ ހާޒިރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ