އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދާއި ބައްދަލުކުރަން ކަރެކްޝަނަލް ސަރވިސަސްގައި އެދިވަޑައިގެންފައިވާތާ ހަފްތާއެއް ވެއްޖެ ކަމަށާއި، އަދިވެސް ބައްދަލުވުން ހަމަޖެހިފައިނުވާ ކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލު އަލްއުސްތާޛާ ޙިސާން ޙުސައިން ވިދާޅުވެއްޖެއެވެ.
ޙިސާން ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުއްތަމަ ފަނޑިޔާރާއި ބައްދަލުކުރުމަށް އެދިވަޑައިގެންނެވިތާ ހަފްތާއެއް ވެއްޖެކަމަށެވެ. އަދި އެންމެ ފަހުން އެމަނިކުފާނާއި ބައްދަލުކުރެވުނީ މާޗް މަހުގެ 29 ވަނަ ދުވަހު ކަމަށް ޙިސާން ވިދާޅުވިއެވެ.
It’s been more than a week since I have been given a lawyer meeting for CJ Abdulla Saeed by @@Corrections_Mv . The last meeting I was given was on 29th March 2018! https://t.co/BohVfF2AqM
ރާއްޖެ.އެމްވީ އާއި ވާހަކަ ދައްކަވަމުން ޙިސާން ވިދާޅުވީ އޭނާ ކޯޓަށް ވަޑައިގަންނަވަން ހަަމަޖެހިފައި އޮތް ގަޑިއަކަށް ކަރެކްޝަންސްއިން ބައްދަލުވުން ހަމަޖައްސައިދޭން އުޅުނު ކަމަށާއި، އެހެން ނަމަވެސް އެހެން ވަގުތެއް ދެއްވަން އެދިވަޑައިގަތުމުން ފަހުން ޖަވާބެއް ދޭނެ ކަމަށް ކަރެކްޝަންސް އިން ބުނި ކަމަށެވެ. އަދި ހަފްތާ ބަންދުގައި ބައްދަލުވުން ހަމަޖައްސައިދޭން އެދުމުން ވެސް އެދުވަސް ފުލް ކަމަށް ބުނެ ބައްދަލުުވުން ހަމަޖައްސައިދީފައިނުވާ ކަމަށް ޙިސާން ވިދާޅުވިއެވެ.
ފާއިތުވި ހަފްތާގެ ތެރޭގައި އުއްތަމަ ފަނޑިޔާރުގެ އެއްވެސް ޤާނޫނީ ވަކީލަކަށް އެމަނިކުފާނާއި ބައްދަލުވެފައެއް ނުވެއެވެ.
އުއްތަމަ ފަނޑިޔާރާއި ބައްދަލުނުވާ ވާހަކަ ޙިސާން ފާހަގަ ކުރައްވާފައި މިވަނީ ހައްޔަރުކޮށްފައިވާ ސިޔާސީ ފަރާތްތަކާއި އަދި ފަނޑިޔާރުންގެ އިތުރުން ފުލުހުންގެ އޮފިސަރުންނާއި ބައްދަލުކުރުމަށް ތަފާތު ދަތިތަކާއި ކުރިމަތިކުރުވަމުން ދާކަމަށް ޤާނޫނީ ވަކީލުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.
ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، އެއަމުރު ތަންފީޒު ނުކޮށް، އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި ފަނޑިޔާރު އަލީ ޙަމީދުގެ އިތުރުން ސިޔާސީ އެހެން ބައެއް ފަރާތްތައް ހައްޔަރު ކުރީ ސަރުކާރުން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރުމަށްފަހުއެވެ. އަދި ކުއްލި ނުރައްކަލުގެ ޙާލަތުގެ 45 ދުވަސް ހަމަވާން ގާތް ވުމުން ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، އެބޭފުޅުން ވަނީ ޝަރީޢަތް ނިމެންދެން މާފުށީ ޖަލުގައި ބަންދު ކޮށްފައެވެ. ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުގައި ފުލުހުންގެ ބަންދުގައި ތިބި ނަމަވެސް، އެބޭފުޅުން މިހާރު މާފުށީ ޖަލުގައި ތިއްބަވަނީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދުގުގެ ވަކީލުންނާއި ބައްދަލުނުވާތާ ހަފްތާއެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ