ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ރާއްޖެއަށް "ބަޣާވާތް" ގެންނަން އުޅުނު ބާޢީންގެ އެންމެ ބޮޑު "ބައްޕަ" އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ކަމަށް ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމްދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
"މި ތިބޫ ރައީސް ޔާމީނާއެކު"ގެ ނަމުގައި ޕީޕީއެމްއެމްޑީއޭ ކޯލިޝަނުން ރޭ ލ. ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވީ ފެބްރުއަރީ 1 ވަނަ ދުވަހު ބަޢާވާތް ގެންނަން އުޅުނު ބަޢީންްގެ އެންމެ ބޮޑު ބައްޕައަކީ ރައީސް މައުމޫނު ކަމަށެވެ. އަދި އެބަޢާވާތުގެ އެންމެ އަޑީގައި ހުންނެވުމުން އެކަމާ ހިތާމަކުރައްވާ ކަމަށް ވެސް އައިބީ ވިދާޅުވިއެވެ.
"1 ފެބްރުއަރީގެ ބަޣާވާތް ގެންނަން އުޅުނު ބޮޑު ބާޣީ ންގެ އެންމެ ބޮޑު ބައްޕަަ އަކީ، އަޅުގަނޑު ހިތާމަކުރަން އަޅުގަނޑުމެންގެ ޕާޓީގެ ކުރީ ރައީސް މައުމޫން ކަމަށް ވާތީ." އައިބީ ވިދާޅުވިއެވެ.
އައިބީ ވިދާޅުވި ގޮތުގައި 1 ފެބްރުއަރީގައި ގެންނަން އުޅުނު "ބަޣާވާތަށް" ޚަރަދުކުރީ ރައްޔިތުންގެ މާލިއްޔަތުން މުއްސަނދިވެފައިވާ މަހުޖަނެއް ކަމުގައިވާ ޤާސިމް އިބްރާހިމް ކަމަށެވެ.
ބަޣީންގެ އެންމެ ބޮޑު ބައްޕައަކީ ރައީސް މައުމޫން: އައިބީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ