އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކުރިމަތިވެފައިވާ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ގެނެސްފައިވާ 2 މެގަވޯޓުގެ 2 ޖަނެރޭޓަރުން ޑިސެމްބަރު މަހުގެ ނިޔަލަށް ކަރަންޓު ދޭން ނުފެށޭނެ ކަމަށް ފެނަކަ އިން ބުނެފިއެވެ.
މީގެ ކުރިން ފެނަކަ އިން ބުނެފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހު އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށެވެ. އެގޮތުން 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އައްޑޫއަށް ގެނައި 2.2 މެގަވޯޓުގެ 2 ޖަނެރޭޓަރު އިންސްޓޯލްކޮށް ކަރަންޓު ދޫކުރަން ފެށޭނެ ކަމަށް ފެނަކައިން އޭރު ވަނީ ބުނެފައެވެ.
އެހެން ނަމަވެސް އެ މުއްދަތު ފަހަނަޅައި ދިޔައިރުވެސް ޖަނެރޭޓަރުތަކަށް ބޭނުންވާ ސީވޯޓާ ކޫލިން ސިސްޓަމްގެ ބައެއް މަސައްކަތް އަދި ނުނިމެއެވެ. އެހެންވެ މިހާރު ފެނަކައިން ލަފާކުރަނީ އާ ޖަނެރޭޓަރުތަކުން ކަރަންޓު ދޫކުރަން ފެށޭނީ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށެވެ.
ޑިސެމްބަރުގެ ނިޔަލަށް އާ ޖަނެރޭޓަރުތަކުން ކަރަންޓު ދޭން ނުފެށޭނެ: ފެނަކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ