ޝަހީދު ހުސައިން އާދަމްގެ އާއިލާއަށް އެމްއެންޑީއެފް ޑްރިލް ވިންގުން ފޮޓޯއެއް ހަދިޔާކޮށްފި

ޝަހީދު ކޯޕްރަލް ހުސައިން އާދަމްގެ އާއިލާއަށް އެމްއެންޑީއެފް ޑްރިލް ވިންގުގެ ފަރާތުން އެމްއެންޑީއެފް ޑްރިލް ސްކޮޑްގެ ފޮޓޯއެއް ހަދިޔާކޮށްފި އެވެ.
ދެ ފޫޓް ތިން ފޫޓުގެ މި ފޮޓޯ ހަދިޔާކޮށްފައިވަނީ ކުޅުދުއްފުށީގައި އިއްޔެ ބޭއްވި އެމްއެންޑީއެފް ޑްރިލް ސްކޮޑްގެ ސައިލެންޓް ޑްރިލްގެ ދައްކާލުން ފެށުމުގެ ކުރިންނެވެ.
ޝަހީދު ކޯޕްރަލް ހުސައިން އާދަމްގެ އާއިލާގެ ފަރާތުން މި ފޮޓޯއާއި ހަވާލުވެލެއްވީ ހުސައިންގެ ބައްޕަ އާދަމް މުހައްމަދާއި މަންމަ އައިޝަތު ހަސަން އެވެ.
މި ފޮޓޯއަކީ 2015 ވަނަ އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ކުޅުދުއްފުށީގައި ދައްކާލި މިއުޒިކަލް ޑްރިލް ޑިސްޕްލޭއަށް ފަހު ނަގާފައިވާ ހަނދާނީ ފޮޓޯއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ