ހައްޔަރު ކުރިނަމަވެސް މިއީ ގާނޫނާ ހިލާފަށް ކުރެވޭ ހައްޔަރެއް ކަމަށާއި އިސްލާހީ މަސައްކަތަށް ދުލެއް ނުދެއްވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހޯމަދުވަހުގެ ރޭ ވިދާޅުވެއްޖެ އެވެ
މައުމޫން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވަން އުޅުއްވުމާއި ވެރިކަން ވައްޓާލަން އުޅުއްވުމުގެ ތުހުމަތުގައި އެ މަނިކުފާނު ހައްޔަރުކުރަން ފުލުހުން އެންދެރިމާގެ އަށް ވަނުމުންނެވެ.
ވީޑިއޯ މެދުވެރިކޮށް ރައްޔިތުންނަށް ދެއްވި ޚާއްސަ މެސެޖެއްގައި މައުމޫނު ވިދާޅުވި ގޮތުގައި އެމަނިކުފާނު ހައްޔަރުކުރަން ޖެހޭ ވަރުގެ ކަމެއް ނޯންނާނެ އެވެ.
މައުމޫން ވިދާޅުވި ގޮތުގައި އެމަނިކުފާނު ހައްޔަރުކުރަން ޖެހޭ ވަރުގެ ކަމެއް ނޯންނާނެ އެވެ.
އެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވަމުން މައުމޫން ވިދާޅުވީ އެމަނިކުފާނު ހުންނެވީ ހިއްވަރާއި ސާބިތުކަމާއެކުގައިކަމަށެވެ. އަދި ކުރަމުންދާ އިސްލާހީ މަސައްކަތް ދުލެއް ނުދެއްވާނެ ކަމަށެވެ.
"އެކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން، އަޅުގަނޑު މިހިރީ ހިތްވަރާއި ސާބިތުކަމާ އެކުގައި. އަޅުގަނޑުމެން މި ކުރާ އިސްލާހީ މަސައްކަތް ދުލެއް ނުކުރާނަން، އިރާދަ ކުރެއްވިއްޔާ އެ މަސައްކަތް ކާމިޔާބުކުރާނަން،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ދެއްވި ކުރު މެސެޖް ނާދިރާ ވަނީ ޓްވީޓް ކުރައްވާފައެވެ. އެ ވީޑިއޯ މެސެޖުގައި ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނު ހުންނެވީ ސާބިތުކަމާއެކީގައި, ހިއްވަރާއެކީގައި ކަމަށެވެ. އަދި މިހާރު ހިނގަމުން މިދާ ކަންތައްތައް ރަގަނޅުމަގުން ދިޔުމަށްޓަކައި ﷲ ސުބުހާނަހޫ ވަތައާލާގެ ހަޟްރަތަށް ދުޢާކުރުންމަތީ, ސާބިތުކަމާއި ހިއްވަރާއެކީގައި ހުރިހާ ބޭފުޅުންވެސް ދެމި ތިއްބެވުމަށް އެމަނިކުފާނު ވަނީ އެދި ވަޑައިގެންފައެވެ.
"ބޭފުޅުންވެސް ސާބިތުކަމާ ހިއްވަރާއެކީގަ ތިއްބެވުން އެދެން . އަޅުގަނޑުމެން މިކުރާ އިސްލާހި މަސައްކަތް ދުލެއް ނުކުރާނަން ކުރިއަށް ގެންގޮސް އިރާދަކުރެއްވިޔާ ކާމިޔާބު ކުރާނަން " ރައީސް ވަރަށް ހިއްވަރުލައްވައި ވީދާޅު ވިއެވެ.
ރައީސް މައުމޫން ހައްޔަރުކުރަން އެންދެރިމާގެ އަށް ފުލުހުން ވަނީ އެންދެރިމާގޭ ދޮރު ހަލާކު ކޮށްލައިގެންނެވެ. މައްސަލައިގެ ތުހުމަތަށް މައުމޫންގެ ފޯނު ހިފަހައްޓާފައިވާ އިރު އެ މަނިކުފާނު ދިރިއުޅުއްވާ ކޮޓަރިކޮޅު ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ.
ރައީސް މައުމޫން ހައްޔަރު ކުރި އިރު އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫނުގެ ފިރިކަލުން އަހުމަދު ނަދީމްވެސް ވަނީ ހައްޔަރުކޮށްފައެވެ. އެ ދެބޭފުޅުންވެސް ހައްޔަރު ކުރީ އެއްވަގުތަކާއެވެ. މިދެބޭފުޅުން ވެސް ހައްޔަރުކޮށްފައިވަނީ މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސަށް ވެސް ކޮށްފައިވާ ތުހުމަތުގައެވެ. އެ ތުހުމަތުގައި އޭނާ ބަންދުކޮށްފައި ހުންނަތާ ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
ނަމަވެސް މިއަދު އޭނަ ވަނީ ސުޕްރީމްކޯޓުން އަނެއްކާވެސް ދޫކޮށްލާފައެވެ. މީގެ ހަފްތާއެއް ކުރިންވެސް އެ ކޯޓުން މިނިވަން ކުރިއެވެ. ނަމަވެސް އަނެއްކާވެސް ފުލުހުންގެ ތަހުގީގަށް ކަމަށް ބުނެ އޭނާ ހައްޔަރު ކުރެވުނެވެ. އޭގެ ފަހުން މިއަދު ދެވަނަ ފަހަރަށް ސުޕްރީމް ކޯޓުން މިނިވަން ކުރީ އޭގެ ހަފްތާއެއް ފަހުންނެވެ.
ރައީސް މައުމޫން ހައްޔަރު ރޭ ކޮށް ފައި އެވަނީވެސް މީގެ ކުރިން އެމަނިކުފާނު ހައްޔަރު ކުރަން އުޅޭ ކަމަށް ވާހަކަތައް ދެކެވިފައި ވަނިކޮށެވެ.
ކޮއްކޯފުޅު، ރައީސް ޔާމީން ވެރިކަމަށް ގެންނެވުމަށް އެންމެ ބުރަކޮށް މަސައްކަތްޕުޅު ކުރެއްވި މައުމޫން ސަރުކާރާ ފެއަށް ޖެހިވަޑައިގަތީ، ރައީސް ޔާމީން ވެރިކަން ކުރައްވާ ގޮތުން ގައުމާއި ރައްޔިތުންނަށް ގެއްލުންވަމުންދާ ކަމަށް ވިދާޅުވެ އެވެ.
މި ސަރުކާރުން މައުމޫން ހައްޔަރު ކުރި އިރު، މީގެ ކުރިން ދެ ފަހަރެއްގެ މަތިން، ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ވެސް މައުމޫން ވަނީ ހައްޔަރުކޮށްފަ އެވެ. އެގޮތުން ނާސިރުގެ ސިޔާސަތަށް ފާޑުވިދާޅުވެގެން 1973 ގައި ހައްޔަރުކޮށް، ހަތަރު އަހަރަށް އަރުވާލަން ހުކުމްކުރި އެވެ. އެކަމަކު ހދ. މަކުނުދޫގައި ފަސް މަސް ދުވަސް ހޭދަކުރެއްވި ތަނުން، ނާސިރުގެ ދެ ވަނަ ދައުރު ފެއްޓެވުމުގެ މުނާސަބަތުގައި ދެއްވި އަފޫއާންމެއްގައި މިނިވަންވެވަޑައިގެންނެވި މައުމޫން، ދެ ވަނަ ފަހަރަށް ހައްޔަރުކުރީ 1974 ގަ އެވެ. އެ ފަހަރު މާލޭ ޖަލުގައި 50 ދުވަހު އޮންނެވި އެވެ.
މީ ގާނޫނާ ހިލާފަށް ކުރެވޭ ހައްޔަރެއް, އިސްލާހީ މަސައްކަތްތަކަށް ދުލެއް ނުދޭނަން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ