103 އަހަރު ކުރިން ގެއްލުނު ސަބްމެރިންއެއް ފެނިއްޖެ

މީގެ 103 އަހަރު ކުރިން ގެއްލުނު އޮސްޓްރޭލިއާގެ އަސްކަރިއްޔާގެ ސަބްމެރިންނެއް ފެނިއްޖެއެވެ.
އޮސްޓްރޭލިއާގެ ސަބްމެރިން އެޗްއެމްއޭއެސް އޭއީ-1 ގެއްލުނީ ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު 1914 ގައެވެ.
ސަބްމެރިން ގެއްލުނީ ޕަޕާ ނިއު ގިނީ އިން ދަތުރު ކުރަމުން ދަނިކޮށެވެ. އޭރު ސަބްމެރިންގައި އޮސްޓްރޭލިއާ އާއި އިނގިރޭސި ވިލާތުގެ 35 ފަޅުވެރިން ތިއްބެވެ.
އެ ސަބްމެރިން ހޯދާފައިވަނީ ޕަޕާ ނިއު ގިނީގެ ކަނޑުގެ 300 މީޓަރު އަޑިންނެވެ. ސަބްމެރިން ފެނުނީ، ކަނޑުއަޑީގެ ޑްރޯނެއްގެ އެހީގައި ކުރި މަސައްކަތުންނެވެ.
އެކަމާ ގުޅޭ ގޮތުން އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު މެރައިސް ޕޭން ވިދާޅުވީ އެ ހޯދުމަކީ އޮސްޓްރޭލިއާގެ ތާރީހުގައި ކަނޑުގެ ހޯދުންތަކުން އެންމެ ފާހަގަ ކޮށްލެވޭނެ ހޯދުން ކަމުގައެވެ. އަދި ސަބްމެރިން އަޑިއަށް ދިއުމަށް މެދުވެެރިވި ސަބަބު ހޯދާނެ ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ