ފުދުންތެރިކަން ހުންނަ މީހާ ދައުލަތަށް އެއްޗެއްދޭންވީ ވަގުތަކީ މިއީ

ފުއްދުންތެރިކަން ހުންނަ މީހާ ދައުލަތައް އެއްޗެއް ދޭންވީ ވަގުތަކީ މިއީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އީވާ ވިދާޅުވީ އިގްތިސާދީ ގޮތުން މުޅި ދުނިޔެ މިދަނީ ބޮޑު އަދަވަޅަކާ ދިމާއަށް ކަމަށާއި މި އަދަވަޅުން އަރައިގަތުމަށް މުޅި ދުނިޔެއިން ކުރާ މަސައްކަތުގައި ރާއްޖެއިން ކުރަންޖެހޭ މަސައްކަތް އިތުރުވާނެކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އިޢުލާނުކުރެއްވި އެހީގެ ޕެކޭޖަށް ތާޢީދުކުރައްވާ އީވާ ވިދާޅުވީ ޕެކޭޖުގެ ތެރެއިން ވިޔަފާރިތަކައް އެހީފޯރުކޮށްދޭއިރު އެ އެހީ ވާންޖެހޭނެ މުސާރަދިނުމަށްޓަކައި ފޯރުކޮށްދޭ އެހީއަކަށް ކަމަށް އީވާ ވިދާޅުވިއެވެ.
"އެއީ ކުރު ރާސްތާ އެހީއެއް. ކުރު ރާސްތާ އެހީވުމަކީ ކޮންމެހެންވެސް މުހިންމު ކަމެއް. ވަޒީފާ އާއި އާމްދަނީ ގެއްލޭ ފަރާތްތަކަށް ކުރުރާސްތާގެ އެހީދިނުމަށް ތިބެންޖެހޭނީ ތައްޔާރަށް. އަދި ވިޔަފާރިތަކަށް އާމްދަނީ އެއް ދިނިމާ ވިޔަފާރިތަކަށް ފައިސާ އެއް ދިނީމާ ވިޔފާރިތަކަށް ސަރުކާރުން އެހީއެއްދިނީމާ އެޚަރަދުކުރަނީ މުސާރަ ދޭންތޯ އަޅުގަނޑުމެން ފުރިހަމައަށް ފާރަވެރިވާންޖެހޭނެ. ވިޔަފާރިތަކަށް އެފާރަވެރިވެވޭނެ މެކޭނިޒަމެއް އޮންނަންޖެހޭނެ. އެހެންނަމަވެސް އެހެން ކަމަކަށްވެސް އެބަ ތައްޔާރުވާންޖެހޭ" އީވާ ވިދާޅުވިއެވެ.
މި މިދަނޑިވަޅުގައި ބައެއް މީހުން އިންކަމް ޓެކްސްއާ ގުޅޭގޮތުން ދައްކަވާ ވާހަތަކާ ގުޅިގެން އީވާ ވިދާޅުވީ މިވަގުތަކީ އިންކަމް ޓެކްސް ނަގަންވީ ވަގުތުކަމަށް ގަބޫލޫކުރައްވާ ކަމަށެވެ.
"އަޅުގަނޑު ދަންނަވަން ބޭނުންވަނީ މިއީ އޭ އިންކަމް ޓެކްސް ނަގަންވީ ވަގުތަކީ. ފުދުންތެރިކަން ހުންނަ މީހާ ދައުލަތަށް އެއްޗެއް ދޭންވީ ވަގުތަކީ މިއީއޭ، އަޅުގަނޑު ދަންނަވާނީ" އީވާ ވިދާޅުވިއެވެ.
މީގެއިތުރުން އީވާ ވަނީ މިއީ ތާއަބަދަށް ޓޫރިޒަމަށް ހަމައެކަނި ބަރޯސާވެގެން ތިބެވެން ނެތްކަން އެނގި، އެހެން ދާއިރާތައް ކުރިއެރުވުމަށް ވިސްނަންވީ ވަގުތު ކަމަށްވެސް ވިދާޅުވެފައެވެ.
"ކާބަފައިން ކުރިޔަށް ގެންދިޔަ އެގްރިކަލްޗަރ އާއި މަސްވެރިކަމާއި މިކަމަށް އަލުން އަނބުރާ އަޅުގަނޑުމެން ދާންވީތޯ ދަނޑުވެރިކަން އަޅުގަނޑުމެން ހިއްލަންވީ ކިހާވަރަކަށްތޯ އެހީތެރިކަން ފޯރުކޮށްދޭންވީ ކިހާވަރަކަށްތޯ އަޅުގަނޑުމެން ދިރާސާ އަޅުގަނޑުމެން ފުރިހަމައަށް ކުރަންވީ ވަގުތުމީ. އެމަސައްކަތް ފަށަންވީ ވަގުތުމީ" އީވާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ